ނުރައްކާތެރި ވޭރިއަންޓްތަކުގެ ތެރޭގައި ހިމެނޭ ޔޫކޭ އަދި އިންޑިއާ ވޭރިއަންޓްގެ ހައިބްރިޑް ވޭރިއަންޓެއް ވިއެޓްނާމުން ފެނިއްޖެއެވެ.

އެގައުމުގެ ސަރުކާރުގެ އިސްވެެރިންގެ ބައްދަލުވުމެއްގައި ވިއެޓްނާމުގެ ހެލްތު މިނިސްޓަރ ވަނީ މިކަން ޔަގީންކޮށްދެއްވާފައެވެ. އަދި މި އާވޭރިއަންޓް ދެނެގަނެވިފައިވަނީ މިވައިރަހުގެ ޖެނެޓިކް ކަންކަން ދެނެގަތުމަށް ސައިންސްވެރިން ކުރި ތަހުލީލުތަކުން ކަމަށް ވިއެޓްނާމުގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"މި އާވޭރިއަންޓަކީ އިންޑިއާ ވޭރިއަންޓް ޔޫކޭ ވޭރިއަންޓާ މިއުޓޭޓްވެ އުފެދިފައިވާ ނުރައްކާތެރި ވޭރިއަންޓެއް." ވިއެޓްނާމުގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އަދި މިހާރު ކުރެވިފައިވާ ތަހުލީލުތަކަަށް ބަލާއިރު، އެހެން ވޭރިއަންޓްތަކަށްވުރެ އަވަހަށް މިވޭރިއަންޓް ފެތުރިގެންދާނެއެވެ. އަދި މިތަހުލީލުތަކުގެ ނަތީޖާ ވަރަށް އަވަހަށް އާންމުކޮށްދެއްވާނެކަމަށް ވިއެޓްނާމުގެ ހެލްތު މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިވޭރިއަންޓާ މެދު އިތުރު ތަހުލީލުތަކެއް ކުރެވި، މާގިނަ މައުލޫމާތުތަކެއް ދެނެގަނެވިފައިނުވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ. މިގޮތުން އިތުރު ތަހުލީލުތައް ހެދުމަށް ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ޓީމާއި ވިއެޓްނާމުގެ ހެލްތު މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރެވެމުންދާކަމަށް ޑަބްލިއުއެޗްއޯގެ ޓެކްނިކަލް ޓީމުގެ ލީޑަރ، މާރިއާ ވެން ޚާކޯވް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން