ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން އިންތިޒާމުކުރާ ހާއްސަ ހަރަކާތްތަކެއް މިއަދު މާލޭގެ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތްތައް މިއަދު ކުރިއަށްދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހަވީރު 4:00 އިން 6:00 އަށް އަދި މިރޭ 8:00 އިން 10:00 އަށެވެ.
މި އަހަރުގެ މި ހަރަކާތްތަކަކީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމެންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ގްލޯބަލް އެކްޝަން ފޮ އަ ކޫލަރ ޕްލެނެޓް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ތިމާވެށި ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ފިނިކުރާ ނިޒާމުތައް ބޭނުންކުރުމަށާއި ހަކަތަ ރައްކާތެރިކުރުމުގެ އާދަތަކަށް އާންމުން އަހުލުވެރި ކުރުވުމެވެ.
އާޓިފިޝަލް ބީޗުގައި މިއަދު ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރޭގައި ތިމާވެއްޓާ ގުޅޭ ތަފާތު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކުގެ އިތުރުން ހިލޭ ގަސް ބެހުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްދާނެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމަށް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވައުދުވުމުގެ ގޮތުން ސޮއިކުރާ ހާއްސަ "ޕްލެޖް ވޯލް" އެއް ވެސް އެ ސަރަހައްދުގައި ހުންނާނެއެވެ.
މީގެއިތުރުން، މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ހާއްސަ ލަކީ ޑްރޯއަކުން 12,000 ބީ.ޓީ.ޔޫ ގެ ހައިސެންސް އެއާ ކޮންޑިޝަނަރެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މި ހަރަކާތްތަކުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ އެނާޖީ ޑިޕާޓްމަންޓުގެ އިތުރުން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމް.އެން.ޔޫ) ފަދަ މުއައްސަސާތަކުން ބައިވެރިވެއެވެ. އަދި މި މުއައްސަސާތަކުން ހަކަތަ އިގުތިސާދުކުރުމާއި، ކަރަންޓަށް ފަރުވާތެރިވާ ބޮކި ފަދަ ތަކެތި ބޭނުންކުރުމުގެ މުހިންމުކަމާއި، ތިމާވެށީގެ ހޭލުންތެރިކަމާއި ގަސް އިންދުމާ ގުޅޭ މައުލޫމާތާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން މި ހަވީރާއި މިރޭ އާޓިފިޝަލް ބީޗުގައި އޮންނަ މި ހަރަކާތްތަކުގައި ވީހާވެސް ގިނަ އާއިލާތަކުންނާއި ޒުވާނުން ބައިވެރިވުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ވަނީ އެދިލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު