ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް
ކީރިތި ޤުރުއާން އަޑުނާހަން އަބޫޖަހުލުމެންގެ ގްރޫޕްވެސް އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ވަކި ފައިދާއެއް ހޯދުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކީރިތި ޤުރުއާންގެ އާޔަތްތައް ކިޔެވުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި މެމްބަރު ސަލީމް ވިދާޅުވީ، ކީރިތި ޤުރުއާން އަޑުނޭހުމަށް އަބޫޖަހުލު މެންގެ ގްރޫޕް ކަންފަތަށް ކަފަ ޖަހައިގެންވެސް އުޅުނު ކަމަށެވެ.

މީގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވީ، ޤުރުއާނުގެ އާޔަތްތައް ކިޔާނީ މީހަކު ހުއްދައެއް ދީގެން ނޫން ކަމަށާއި، ދީނާއި ސިޔާސަތު ވަކިވެސް ނުވާނެ ކަމަށެވެ.

"މުސްލިމު ޤައުމެއްގައި ސިޔާސަތު ބިނާވެފައި އޮންނަން ޖެހޭނީ ޤުރުއާނާއި ސުންނަތުގެ އަލީގައި. ޤުރުއާން އަޑުނާހަން އަބޫޖަހުލު މެންގެ ގްރޫޕް ކަންފަތަށް ކަފަ ޖަހައިގެންވެސް އުޅުނު." މެމްބަރު ސަލީމް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ތިއްބެވީ ދީނީ ދަންނަ ބޭކަލުންނަށް ނުވުމުން އާޔަތްތައް ރަނގަޅަށް ވިދާޅުނުވެވޭކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި މަޖިލީހުގެ އެއްވެސް ރައީސަކު މަޖިލީހުގައި ޤުރުއާން ކިޔަވަން ބާރުއަޅުއްވާފައި ނުވާކަމަށެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ރައްޖޭގެ އިސްލާމް ދީނުގެ ޢިލްމްވެރިން ވަނީ އެމަނިކުފާނުގެ މި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެބޭފުޅުން ވިދާޅުވަނީ ކީރިތި ޤުރުއާން ކިޔަވަން ޖެހޭނީ ހަމައެކަނި ޤުރުއާން ހިތުދަސް ދަންނަ ބޭކަލުން އެކަނި ނޫން ކަމަށެވެ. އަދި ޤުރުއާން އަޑު އިވޭ ނުވަތަ އަހާ މީހާއަކީވެސް ޤުރުއާން ހިތުދަސް ދަންނަ ބޭކަލަކަށް ވާކަށް ނުޖެހޭނެ ކަމަށް އެބޭކަލުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން