ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އަދުލު އިންސާފުގެ ނިޒާމަށާއި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައި ހިންގެވި ކަންކަމުގެ ހަނދާން އައުކޮށްދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ އިބްރާހިމް ޝުޖާއު އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޝުޖާއު މިފަދަ ރައްދެއް ދެއްވާފައި މިވަނީ، ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ވެރިކަމުގައި އަދުލު އިންސާފުގެ ތެރެއަށް ރައީސް އޮފީހުން އަތްބާނާފައި ނުވާނެ ކަމަށާއި، މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަކީ ސިޔާސީ ހާއްޔަކުން ނެރުނު ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ސަރުކާރަށް ފާޑުވިދާޅުވުމާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިހާރުގެ ޕީޖީއަކީ ކުރިން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއް ކަމަށާއި، އޭނާ މަސައްކަތް ކުރައްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވާ ގޮތަކަށް ކަމަށެވެ.
ރައީސް ޔާމީންގެ މި ވާހަކަފުޅުތަކާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންގެ މިފަދަ ވާހަކަފުޅުތަކަށް އެމްޑީޕީ އާއި އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މެން ފަދަ ބޭފުޅުން ފާޅުގައި ނުފެނުނަސް ހިނިވަރުނަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ތިއްބެވި ވަރަށް ގިނަ ޢިލްމީ ބޭފުޅުން މިއަދު ރައީސް ޔާމީނަށް މަލާމާތް ރައްދުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ މާޒީ ހަނދާންކޮށްދެއްވަމުން ޝުޖާއު ވިދާޅުވީ، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުގެތަކުގެ ފުރާޅުނަގައި، އެތަންތަނުގައި ތިއްބެވި ފަނޑިޔާރުންނަށް ހެއްދެވި ގޮތް ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހާއި އެ ތަން ވަށައިގެން ރައީސް ޔާމީންގެ އޯޑަރަށް ސިފައިންނާއި ފުލުހުން ލައްވައި ހިންގެވި ކަންކަމާއި، މަޖިލީހުގެ ތެރެއިން ޕީޖީއަކު ހޮވުމަށް އެމަނިކުފާނު އުޅުއްވި ގޮތް ވެސް ޢިލްމީ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މިނިވަން މުއައްސަސާތަކަށާއި، ސަރުކާރާ ދެކޮޅަށް ޚަބަރު ފެތުރި މީޑިއާތަކަށް ރައީސް ޔާމީންގެ ވެރިކަމުގައި ހެއްދެވި ގޮތްތަކަކީ ވެސް ފޮރުވިފައިވާ ކަންކަން ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ނަމަވެސް މިހާރުގެ ތަފާތެއް އެބައޮތެވެ. މަނިކުފާނު ހިންގި ޖަރީމާތަކުގެ ވާހަކަ ދެއްކި ފަރާތްތައް (އެމްޑީޕީ އާއި ޑރ. ޖަމީލް) މެން މިއަދު މިވާހަކަތަކެއް ނުދައްކަވައެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ މިކަހަލަ ސިޔާސީ ބޭފުޅުންގެ ވާހަކަ ހެއްޔެވެ؟" ޝުޖާއު ސުވާލު އުފެއްދެވިއެވެ.
ޝުޖާއުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެންމެ ބޮޑު ހިތާމައަކީ ރައީސް ޔާމީނަށް ކުރިން ކުރެއްވިފައިވާ މިފަދަ ބޮޑެތި ކަންކަމުގެ ހަނދާންތައް، މިއަދު އަނެއްކާވެސް އެމަނިކުފާނަށް ހަނދާންކޮށްދޭން ޖެހިފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު