ރާއްޖެއާއި ކައިރި ސަރަހައްދަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ބިންހެލުން އައިސްފައިވަނީ އިންޑިއާގެ އަންޑަމަން އައިލެންޑްސް އަށެވެ. 5.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މިބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން 04:01 ގައެވެ.

އެ އިދާރާއިން އިތުރަށް މައުލޫމާތު ދިންގޮތުގައި، ބިންހެލުން އައިސްފައިވަނީ ހދ. ހަނިމާދޫއާއި 2250 މޭލު ދުރުން ކަމަށެވެ. އަދި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ބިންހެމުގެ ސަބަބުން އެއްވެސް ތަނަކަށް އަދި ގެއްލުމެއް ލިބިފައިވާކަން ރިޕޯޓުކޮށްފައެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން