މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު
މަސްވެރިން އަތުން ނުއަގުގައި މަސްގަނެގެން ޒަމާނުއްސުރެ ސަރުކާރުތަކުން ހިންގަމުން ދިޔައީ ބޮޑު ޕޮންޒީއެއް ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަވާ ސީޝެލްގެ އޮނަރަރީ ކޮންސުލްގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ފިރާގު މިއަދު ވިދާޅުވީ، ޤަބޫލު ކުރަން ބޭނުން ނުވި ނަމަވެސް މިފްކޯ މިހާރު ބަދަލުވެފައިވަނީ ޤައުމީ ބޮޑު ޕޮންޒީއަކަށް ކަމަށެވެ. އެގޮތުން އެކުންފުނީގައި އެންމެ ފަހުން ހުންނެވި އެމްޑީވެސް ވަޑައިގެންނެވީ، ވަޒީފާގެ ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ ނަންގަވައިގެން ކަމަށް ފިރާޤު ވިދާޅުވިއެވެ.

ފިރާޤު ވިދާޅުވީ މިފްކޯއަކީ ދަޢުލަތަށް ޓެކްސް ދައްކަންޖެހޭ ކުންފުންޏެއް ނޫން ކަމަށާއި، އެކުންފުނިން މަސްވެރިންނަށް ދައްކަމުން ދިޔައީ މުޅިން ނުބައި ތަޞައްވަރެއް ކަމަށެވެ. އަދި މިހެންވެސް ބުނާމީހާ ވާނީ ގޯސްމީހަކަށް ކަމަށް ފިރާޤު ވިދާޅުވިއެވެ.

"ތެލުން ސަބްސިޑީ، އައިސް އިން ސަބްސިޑީ ނުވިތާކަށް ބާނާ މަސްކޮޅުވެސް ނުއަގުގައި ގަނެގެން. ލޯލާރިއެއްވެސް ޓެކުހަށް ދައްކަން ނުޖެހޭ. ސަރުކާރުތަކުން ހިންގި ބޮޑު ޕޮންޒީއެއް." މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެފައިވެއެވެ.

ފިރާގު ވިދާޅުވީ ސަރުކާރުތަކުން ދިޔައީ މަސްކުންފުނި ބަނގުރޫޓުވާއިރަށް އައު ނަމެއްގައި އައު ކުންފުންޏެއް އުފައްދަމުން ކަމަށާއި، މިއީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. އެހެންކަމުން މި ޕޮންޒީ ޖަރީމާ ހުއްޓާލައި ޒިންމާދާރު ކަމާއެކު މަސްވެރިންގެ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ފިރާޤުވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

"25 ރުފިޔާއަށް ކިލޯ ޖައްސާފައި، ކުންފުނި ފުނޑިފަ، ބާ 4 ދަބަރު ބޯޓު ގެނެސް މިލިއަނުން ވަޒީފާގެ ބަދަލު ނަގައިގެން އެންމެ ފަހުގެ އެމްޑީވެސް ވަޑައިގަތީ." ފިރާގު ވިދާޅުވިއެވެ.

ފިރާގު މިމޭރުމުން ވިދާޅުވެފައިވާއިރު މަސްވެރިންނަށް ލިބެންޖެހޭ 3 މަސްދުވަހުގެ ފައިސާ ނުލިބޭ ކަމަށްބުނެ ކޫއްޑޫގައި އިއްޔެއިން ފެށިގެން މަސްވެރިން ދަނީ އިޙްތިޖާޖު ކުރަމުންނެވެ. އިޙްތިޖާޖުގައި ތިބި މަސްވެރިން ހަމަޖެއްސުމަށް މަސްވެރިކަމާ ބެހޭ ވަޒީރު ކޫއްޑޫއަށް ވަޑައިގެން ހުށައެޅުއްވި ޙައްލުތަކަށްވެސް މަސްވެރިން އެއްބަސްވެފައެއް ނުވެއެވެ.

މަސްވެރިން ބުނަމުންދަނީ އިޙްތިޖާޖު ހުއްޓާލާނީ މަސްވެރިންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ލިބުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން