އދ. ދިގުރަށު ކުނިގޮނޑަށް އެއްލާލި ކުއްޖާގެ މަންމަގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އއ. ދިގުރަށުގައި މަރާލުމަށް ފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮތް ކުއްޖާ ފެނުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ބިދޭސީ އަންހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ދިގުރަށުގައި ތުއްތު ކުއްޖަކު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހެނދުނު 09:20 ހާއިރު ކަމަށެވެ. އަދި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

\ތުއްތު ކުއްޖާ އަކީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ވިހެއި ފިރިހެން ކުއްޖެއް ކަމަށް ތުހުމަތު ކުރެއެވެ.

ތުއްތު ކުއްޖާގެ ހަށިގަނޑު ފެނުނުއިރު އޮތީ ފޫޅު ދަނޑިއާއި ވެސް އެއްކޮށެވެެ. ދިގުރަށު ވޭސްޓް މެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީއަކަށް އެކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގައި އޮއްވައެވެ. ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް ދިގުރަށު ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން