ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ޙަވާލުކުރުމުގެ ތެރެއިން
ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ޙަވާލުކުރުމުގެ ތެރެއިން
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ބޭނުންވާ ސާމާނު މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދާއި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިން ބަލަބަލާ ތިއްބައި އިންޑިއާ އިންތިހާއަށް މުއްސަނދިވެ ތަރައްގީ ވެފައިވާ ކަމަށާއި އިންޑިއާގައި މެދު އާމްދަނީ ލިބޭ މީހުންގެ އާބާދީ ޔޫރަޕްގެ ހެޔޮވަރު ގައުމަކާއި އެއްވަރު ކަމަށެވެ. އަދި އިންޑިއާގެ އަވަސް ބާރު ތަރައްގީ ދިވެހިންނަށް ފެންނަމުންދާ ކަމަށާއި ދިވެހި ރައްޔިތުން ވެސް އެދެނީ އާންމު ހާލަތު ރަނގަޅުވެ ޖީބަށް އެއްޗެއް ވަނުމުގެ އިތުރުން ވަޒީފާގެ ފުރުސަތު ލިބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކުރުމަށް ސަރުކާރުން ވީ ވައުދުގެ ތެރެއިން ހިންގޭ ޕްރޮޖެކްޓެއްކަމަށެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީވަމުން އަންނަ ގައުމެއް ކަމަށާއި، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް އިންޑިއާ އިން ދެމުން އަންނަ އެހީތަކާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް އިންޑިއާއިން ފޯރުކޮށްދިން މި އެހީގެ ސަބަބުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތައާރަފްކޮށްފައިވާ "ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމަށް" ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، މި އައުޓްޑޯ ޖިމްތަކުގެ ބޭނުން ހުރިހާ އުމުރެއްގެ ބަޔަކަށް ހިފޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖައްސަވައިދެއްވީ އިންޑިއާ ސަރުކާރުން، 2019 ވަނަ އަހަރުގެ މާޗް މަހުއެވެ. ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ޤާއިމްކުރުމަށް ޔޫތު މިނިސްޓްރީއަށް 8 މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އައުޓް ޑޯ ޖިމްތައް ޤާއިމްކުރާ ރަށްރަށް ނިސްބަތްވާ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން