ރައީީސް ޞާލިހާއި ރައީސް ވަހީދު
ރައީީސް ޞާލިހާއި ރައީސް ވަހީދު
ކުރީގެ ރައީސް، ރައީސް ޑރ.މުހަންމަދު ވަހީދުގެ ދެކަނބަލުންނަށް މިއަދު މީހަކު ދިން ހަމަލާ އާއި ގުޅިގެން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް، ޑރ. ވަހީދަށް ގުޅުއްވައި އެމަނިކުފާނުގެ ހާލުކޮޅު އޮޅުން ފިލުއްވައިފިއެވެ.

ރައީސް ޑރ. މުހަންމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ދެ ކަނބަލުން ކަސްރަތުގައި އުޅުއްވަނިކޮށް އުސްފަސްގަނޑު ކައިރިން އެ ދެ ބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ގޮވައިހަމަލާދީފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓަކު ކަމަށެވެ. އެ ތަން އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުންނަށް ވެސް ފެންނާނެ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ދިން މި ހަމަލާ އާއި ގުޅިގެން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ފޯނުން ގުޅުއްވައި އެމަނިކުފާނުގެ ހާލުކޮޅު އޮޅުން ފިލުއްވާފައިވާ ކަމަށެވެ. އެކަމަށްޓަކައި ރައީސް ވަހީދު ވަނީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.



ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، މީހަކު ފުރައްސާރަ ކުރި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކުރީގެ ރައީސް ވަހީދަށް މީހަކު ދިން ހަމަލާ ރައީސް މައުމޫނާއި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންނާއި އާންމު ރައްޔިތުން ވެސް ދަނީ ކުށްވެރިކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ސަޢީދު

16-Jun-2020

ހަމަލާގައި ކާޅޭގެކަނދުރާބިދުނުތަ



ޓްރެންޑިން