ސަތޭކަ ޢިލްމުވެރިން ހިތްހަމަޖެއްސި ނަމަވެސް ރައީސް ޞާލިޙަށް ވޯޓެއް ނުލިބޭނެ ކަމަށް ވިދާޅުވި ނަފުރަތުގެ ބިލު ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން، ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވުމުން މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ވަރަށްބޮޑަށް ކޯފާއިސްކުރަށްވައި ރައީސް ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސްކަންވެސް ކުރަށްވާފައިވާ އިބްރާ މިހެން ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން، މަޖިލީހަށް ހުށައެޅި ނަފުރަތު އުފެއްދުމުގެ ކުށްތައް ކަނޑައަޅާ ބިލް ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެބިލާ ދެކޮޅަށް 101 ޢިލްމުވެރިޔަކު ސޮއި ކުރަށްވާ ބަޔާން ނެރުއްވާފައިވެއެވެ.
އެކަމަށް އިޝާރާތް ކުރަށްވާ އިބްރާ ވިދާޅުވީ، ސަތޭކަ ދީނީ އިލްމުވެރިން ހިތްހަމަޖައްސައިދެއްވިޔަސް، 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ވޯޓު ލިބިވަޑައިނުގަންވަަނަވާނެ ކަމަށެވެ. ސަރުކާރުން މަޖިލީހަށް ހުށައެޅުއްވި އެ ބިލާ ދެކޮޅަށް، ރައީސް ޞާލިޙްގެ ފެކްޝަނުގެ މެމްބަރުން ވަކާލާތުވެސް ކުރެއްވިއެވެ. އެކަމާ ހިތްހަމަ ނުޖެހިގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ފެކްޝަނުން ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޞާލިހުގެ އިސްތިއުފާއަށް ވެސް ގޮވިއެވެ.
"ހަމައެކަނި 100 އިލްމުވެރިން ހިތްހަމަަޖައްސައިދެއްވާފައި، ސަރުކާރު މުވައްޒަފުންނަށް ޗުއްޓީ ދެއްވައި، މުސާރަ ދެއްވިއަކަސް 2023ގައި އަދި ވޯޓު ލިބިވަޑައެއް ނުގަންނަވާނެ. ޓެކްސް ދައްކަނީ އަޅުގަނޑުމެން." ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޞާލިހުގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރަށްވާ ވަޒީރު، ފައްޔާޒު އިސްމާއީލްގެ ބޭބެ، އިބްރާ ވިދާޅުވިއެވެ.
އިބްރާ ވަނީ އެކަން އޮޅިވަޑައިގެން ނޫޅުއްވުމަށް ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އިބްރާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް "ސެކިއުލަރ" ބިލެއް ހުށައެޅިފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުށައަޅައިގެން އުޅެނީ އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް މުސްލިމެއް ނޫނޭ ބުނުން ކުށަކަށް ހަދާ ބިލެއް ކަމަށާއި، އެއީ އިސްލާމީ ހަމަތަކުން ބަލާއިރު "ދީނީ ބިލެއް" ކަމަށް އިބްރާ ވިދާޅުވިއެވެ.
ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލުމާ ގުޅިގެން، ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޔާމީންގެ އެހީތެރިކަމަށް ސިޔާސީ ގޮތުން އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. ޕީޕީއެމުން ބުނީ، "ޑީލް" ހަަދައިގެން ރައީސް ޔާމީން މިނިވަން ކުރަން އެޕާޓީން ބޭނުން ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.

@ibusolih ah thiulhuvvanee olhivadaigenneve. Hama ekani 100 "i'lmuverin" hiiyhama jassavaidhevvaafai, sarukaaru muazzafunnah chuttee dhevvaa musaara dhevviakas 2023 gai adhi voteh libivadaehnugannavaane eve.
— Ibra - Unapologetically for Justice (@ibramandhu) July 15, 2021
Tax dhakkanee alhugan'dumenneve.
@presidencymv
އިބްރާ ވަނީ އެކަން އޮޅިވަޑައިގެން ނޫޅުއްވުމަށް ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އިބްރާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް "ސެކިއުލަރ" ބިލެއް ހުށައެޅިފައި ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުށައަޅައިގެން އުޅެނީ އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް މުސްލިމެއް ނޫނޭ ބުނުން ކުށަކަށް ހަދާ ބިލެއް ކަމަށާއި، އެއީ އިސްލާމީ ހަމަތަކުން ބަލާއިރު "ދީނީ ބިލެއް" ކަމަށް އިބްރާ ވިދާޅުވިއެވެ.
ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލުމާ ގުޅިގެން، ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް ޔާމީންގެ އެހީތެރިކަމަށް ސިޔާސީ ގޮތުން އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. ޕީޕީއެމުން ބުނީ، "ޑީލް" ހަަދައިގެން ރައީސް ޔާމީން މިނިވަން ކުރަން އެޕާޓީން ބޭނުން ނުވާ ކަމަށެވެ.
ރައީސް ޔާމީންގެ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ. މިހާރު އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިތުރު ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް މިހާރު ވެސް ވަނީ ދައުލަތުން އުފުލާފައެވެ.
ކިޔުންތެރިންގެ ހިޔާލު