އާންމުކޮށް ފަތުރުވެރިން ޒިޔާރަތްކޮށް އުޅޭ ރަށެއްގެ ފިހާރަތަކެއް
އާންމުކޮށް ފަތުރުވެރިން ޒިޔާރަތްކޮށް އުޅޭ ރަށެއްގެ ފިހާރަތަކެއް
ރަށްރަށުގައި ވިޔަފާރި ކުރެވޭނެ ގޮތުގެ އިރުޝާދު ދެއްވާނީ އެރަށެއްގެ ކައުންސިލުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ކޮށްފައިވާ އިޢުލާނެއްގައި ވަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރުމަށް ފިހަރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ.

މީގެ އިތުރުން ވިޔަފާރިކުރާ ތަނާއި ވިޔަފާރިކުރަންދާ ފަރާތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ދޭނީ، އެއިރެއްގެ ޙާލަތަށް ރިޢާޔަތްކޮށް، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ކަމަށް އެ މިނިސްޓްރީގެ އިޢުލާނުގައި ވެއެވެ.

މިއީ ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރުމާ ގުޅިގެން، އެޅި ފިޔަވަޅެކެވެ.

އެހެންކަމުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގޭބިސީތަކުން ބޭރަށް ނުކުމެ ވިޔަފާރިކުރާއިރު، ސިޓީއެއްގައިނަމަ، ސިޓީ ކައުންސިލުން ނުވަތަ ރަށެއްގައިނަމަ، ރަށު ކައުންސިލުން ނެރޭ އެންގުމާ އެއްގޮތަށް އެންމެހާ ރައްޔިތުން ޢަމަލުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން