އިސްދޫގައި ބަނދަރު ތަރައްގީ ކުރުން - ފޮޓޯ: އެމްޓީސީސީ
އިސްދޫގައި ބަނދަރު ތަރައްގީ ކުރުން - ފޮޓޯ: އެމްޓީސީސީ
ހައްދުންމަތީ އިސްދޫގައި ބަނދަރު ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އިސްދޫ ބަނދަރުގެ ހެދުމުގެ މަސައްކަތުގެ އަދާހަމަ މައުލޫމާތު ހާމަކޮށް އެމްޓީސީސީއިން ބުނެފައި ވަނީ، ލ. އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަން ކަމަށާއި އެގޮތުން މިމަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައި ކަމަށެވެ. އަދި އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ، 27 އޯގަސްޓް 2020ގައެވެ.

ބަނދަރުގެ ފެންވަރުމަތިކުރުމުގެ މި މަޝްރޫއަށް ޖުމްލަ 34.7 މިލިއަން ރުފިޔާގެ ހޭދަވާ އިރު، މިއީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން