ބީއެމްއެލްގެ އޭޭޓީއެމް ސެންޓަރެއް
ބީއެމްއެލްގެ އޭޭޓީއެމް ސެންޓަރެއް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފިއެވެ.

ބީއެމްއެލް އިން މައުލޫމާތުދިން ގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައި ވުމުގެ ސަބަބުން އެ ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ވަނީ ބަންދު ކޮށްފައެވެ. މި ދަނޑިވަޅުގައި އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އަދަދު އިތުރު ކޮށްފައިވަނީ ބޭންކުގެ ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުނެއެވެ.

އެގޮތުން ޕާސަނަލް ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް މިހާރު 100،000 ރުފިޔާ އާއި ހަމައަށް ޖަމާކުރެވޭނެއެވެ. ކުރިން އެއްދުވަހުގެ ތެރޭގައި ޖަމާކުރެވޭ އަދަދަކީ 50،000 ރުފިޔާއެވެ. ބިޒްނަސް ކަސްޓަމަރުންނަށް މިހާރު ދުވާލަކު 200،000 ރުފިޔާ އާއި ހަމައަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. ކުރިން ވިޔަފާރިތަކަށް ދުވާލަކަށް ކުރެވޭ އަދަދަކީ 100،000 ރުފިޔާއެވެ.

ކޯވިޑް-19 ގެ މި ޙާލަތުގައި ބޭންކުގެ ޚިދުމަތްތައް ހޯދާ ލިބިގަތުމުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތްތައް ބޭނުން ކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

އަދި މި ހާލަތުގައި ފައިސާގެ މުޢާމަލާތްތައް އޮންލައިންކޮށް ކުރުމަށް ޞިއްޙީ މާހިރުން ގެންދަވަނީ ލަފާ ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން