ޓިކްޓޮކްގެ ތަރި ގާރްޒަރ އެހީތެރިވެދީ އެޕަރޓްމެންޓެއް ގަނެދިން ރޮބިން.
ޓިކްޓޮކްގެ ތަރި ގާރްޒަރ އެހީތެރިވެދީ އެޕަރޓްމެންޓެއް ގަނެދިން ރޮބިން.
ޓިކްޓޮކްގައި އާންމުކޮށްފައިވާ، މަގުމަތިވެފައިވާ މީހަކު ހުސްފަޔާ ހިނގާފައި ދާތަން ފެނުމުން އެމީހާ އަރާނެ ފައިވާނެއް ގަނެދިން ވީޑިޔޯއެއް ވައިރަލްވެ، މަގުމަތިވެފައިވާ އެ މީހާއަށް ވީޑިއޯ އާންމުކުރި ޓިކްޓޮކްގެ ތަރި އެޕަރޓްމެންޓެއް ގަނެދީފިއެވެ.

މިވީޑިއޯ އާންމުކޮށްފައިވާ ޓިކްޓޮކް ތަރި ގާރްޒަރ ބުނެފައިވަނީ މަގުމަތިވެފައިވާ މީހަކަށް އެހީތެރިވެދިން ވީޑިޔޯ ވައިރަލް ވުމާއެކު، ރޮބިން ކިޔުނު މިއަންހެންމީހާ އާއެކު އިތުރު ޓިކްޓޮކް ވީޑިޔޯތައްކުޅެ ރަހުމަތްތެރިކަން ބަދަހިވެފައިވާކަމަށެވެ. މިއާއެކު ރޮބިން ގޮވައިގެން ޝޮޕިންގ އަށްދިޔުމާއި، އޭނާގޮވައިގެން ސެލޫންއަށް ގޮސް ހަދާފައިވާނެކަމަށް ގާރްޒަރ ބުނެފައިވެއެވެ.

"އަހަރެންނަށް ރޮބިން މަގުމަތިވެފައިވާތަން ފެނުނުއިރު ހުރީ ފައިވާނަކަށްވެސް ނާރާ، ދެން އަހަރެން ގޮސް ފައިވާނުގެ ސައިޒް ބަލައި ފައިވާން ގަނެދީހެދިން، އެމަންޒަރު ވީޑިޔޯކޮށް ޓިކްޓޮކްގައި ވައިރަލް ވުމުން ރޮބިންނާއެކު ރަހުމަތްތެރިކަން ބަދަހިކޮށް ރޮބިން ގޮވައިގެންގޮސް ޝޮޕިންގ އަށާއި ސެލޫންއަށް ގޮސް އެންމެ ފަހުން ދެން ރޮބިންއަށް އެޕާޓްމެންޓެއް ގަނެދިނީ." ގާރްޒަރ ބުނެފައިވެއެވެ.

މިކަމާބެހޭގޮތުން އެހީތެރިކަން ލިބުނު ރޮބިން ބުނެފައިވަނީ މާލީ ހާލަތު ހުރިގޮތުން، އެންމެ ފުރަތަމަ ގާރްޒަރ އާއި ދިމާވިދުވަހަށްފަހު ވަރަށް ދުއާކުރި ކަމަށާއި ގާރްޒަރގެ ފަރާތުން އިތުރު އެހީތެރިކަން ލިބުމަކީ އޭނާގެ ކުރި ދުއާތައް އިޖާބަވުންކަމަށް ދެކޭކަމަށް ރޮބިން ބުނެފައިވެއެވެ. މަސްތުވާތަކެތީގެ ވަބާގައި 32 އަހަރު ހޭދަކުރަން ޖެހުމުން މާލީ ތަނަވަސްކަމެއް ހޯދުމަށް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް ސިފަކޮށްފައިވާ ރޮބިން ބުނަނީ ގާރްޒަރ އާއި ދިމާވުމަކީ އޭނާގެ ނަސީބު ކަމަށެވެ.

އަދި އިތުރަށް ރޮބިންއަށް އެހީތެރިވުމުގެ ގޮތުން ގާރްޒަރ ވަނީ "ގޯފަންޑް މީ"ގެ ވެބްސައިޓުގައި ރޮބިންއަށް ފައިސާ ހޯދައިދޭން ޑޮނޭޝަން އަށް ހުޅުވައިލައިފައެެވެ. މިގޮތުން ލިބޭ ފައިސާގެ އެހީތެރިކަމުން ރޮބިންގެ ކެއިން ބުއިމާއި، ބޭސްފަރުވާއާއި، ގެއަށް ބޭނުންވާ ސާމާނާއި ކާރެއް ގަނެދިނުމަށް ގަސްތުކުރާކަމަށް ގާރްޒަރ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން