އާޓިފިޝަލް ބީޗުގައި ކޮތަރުތައް މަގޫފަތް ކަނީ - ރަސް ފޮޓޯ: ޒިދާން މުހައްމަދު
އާޓިފިޝަލް ބީޗުގައި ކޮތަރުތައް މަގޫފަތް ކަނީ - ރަސް ފޮޓޯ: ޒިދާން މުހައްމަދު
ވެރިރަށް މާލޭގައި ކޮތަރު އާއިލާއެއް ދިރިއުޅެމުންދާތާ އެތައް އަހަރެއް ވެއްޖެއެވެ. ދުވަހެއް ދުވަހަކަށް މި ޢާއިލާ ދަނީ ބޮޑުވަމުންނެވެ. ކޮތަރަކީ ވަރަށް ސުލްހަވެރި އެއްޗެކެވެ. މީހަކަށް އުނދަގުލެއް ނުކުރެއެވެ. އެ ސޮރުމެންގެ އަޑަކުން މީހަކަށް ތުރާލެއް ނުވެއެވެ.

ކޮތަރު އާންމު ގޮތެއްގައި ކައި އުޅެނީ ދަނޑު ގޮވާމުގެ ބާވަތްތަކެވެ. އެގޮތުން، ހަނޑޫ، ޒުވާރީ، އިރުދޭ މަލުގެ އޮށް ފަދަ ތަކެއްޗަކީ އާންމުކޮށް ކޮތަރުގެ ކާނާއެވެ. އެހެންކަމުން ވެރިރަށް މާލޭގައި ދިރިއުޅޭ ކޮތަރުތަކަށް މިފަދަ އެއްޗެހި ކާންދިނުމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުން އަދި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކޮށް އުޅޭ ކަމެކެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައި ޖުމްހޫރީ މައިދާނަށް ޒިޔާރަތްކޮށްފި ނަމަ މި މަންޒަރު އާންމުކޮށް ފެންނާނެއެވެ. ނަމަވެސް، މިހާރު ކޮތަރަށް ކާންދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްޞަ ސަރަހައްދު ތަކެއް ސަރުކާރުން ރަސްމީކޮށް ވަނީ ހަމަޖައްސާފައެވެ. އެއީ ސުނާމީ ބިނާ ކައިރި އާއި އާޓިފިޝަލް ބީޗް އަދި ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި އޮންނަ ލައިސަންސް ނަގާ ސަރަހައްދެވެ.



ކޮވިޑް-19 އާ ގުޅިގެން ބޭރުތެރޭގައި އުޅޭ މީހުން މަދުވެ، ކޮތަރުތަކަށް ކާންދެވޭ ނިސްބަތް ދަށްވެ، ގިނަ ކޮތަރުތަކަކަށް ގޮވާމުގެ ބާވަތްތަކެއް މިހާރަކު ނުލިބެއެވެ.

ކަންމިހެން އޮތްއިރު މާލެއަކީ މާގިނަ ދަނޑުގޮވާމުގެ ބާވަތްތައް ލިބޭ ގަސްގަހާގެހިވެސް ހުންނަ ރަށެއް ނޫނެވެ. އެހެންކަމުން ކޮތަރަުތައް މިވަނީ ކާނެ އިތުރު އެއްޗެއް މާލޭން ހޯދާފައެވެ. އެއީ އާޓިފިޝަލް ބީޗްގައި ހުންނަ މަގޫ ގަސަތަކުގެ ފަތެވެ. ހާއްސަކޮށް ހިކިފައި ހުންނަ ނުވަތަ ދޮންކުލަ އަރާފައި ހުންނަ މަގޫފަތް އެސަރަހައްދުގައި އުޅޭ ކޮތަރުތައް ކާ ކަން ފާހަގަކުރެވުނެވެ. ކޮތަރަކީ ފަތްޕިލާވެލީޣެ ބައެއް ބާވަތްތައް ވެސް ކާ އެއްޗެކެވެ. ނަމަވެސް، މާލޭގައި ދިރިއުޅޭ ކޮތަރުތައް މީގެ ކުރިން މުޅިން ވެސް ކައި އުޅުނީ މީޙުން ދޭ ހަނޑޫ ނުވަތަ ދަނޑު ގޮވާމުގެ ކޮންމެވެސް ބާވަތެކެވެ.

ކޮތަރުތައް ކޮންމެ ދުވަހަކު ޖުމްހޫރީ މައިދާނަށް ދަނީ ނުވަތަ އާޓިފިޝަލް ބީޗަށް ދަނީ، ބަޔަކު ކާންދޭތީ އެ މީހުންގެ ފަހަތުންނެވެ. މިހާރު ކުރިން ލިބޭގޮތަށް ކާން ނުލިބުމުން މީހުންގެ ފަހަތުން "އާދޭސްކުރަމުން" ހިނގަނީ ވެސް އިންސާނުން އެސޮރުމެންނަށް ކާން ދޭނެ ކަމަށް ގަބޫލުކޮށް، ކުރާ އިތުބާރަކުންނެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން