މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ އެންމެ އިސް މަޤާމް ފިޔަވާ ހުރިހާ މަޤާމެއްގައި ތިބޭނީ އިންތިޚާބު ނުވާ ބަޔަކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ދިވެހިން ވަނީ ވިރާސީ ރަސްކަމުގެ ބޯދާ ނިޒާމަށް އަލްވަދާޢު ކިޔާފައި ކަމަށާއި، ބަރުލަމާނީ ނިޒާމަކީ ވިރާސީ ރަސްކަމުގައި އޮންނަގޮތަށް ވަލު ދޮރާށިން ވެރިކަމުގެ ތަޚުތައް އަންނަން ބޭނުންވާ މީހުންނަށް އޮންނަ މަގެއްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފްގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ޝަރީފް ދައްކަވާ ވާހަކަފުޅާ އެއްބަސްވެވެން ނެތް ކަމަށާއި، ރިޔާސީ ނިޒާމެއްގައި ސަރުކާރުގެ އެންމެ އިސް މަޤާމް ފިޔަވާ ހުރިހާ މަޤާމެއްގައި ތިބޭނީ އިންތިޚާބު ނުވާ ބަޔަކު ކަމަށެވެ. އިންތި އިޝާރާތް ކުރަށްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށެވެ.

"ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގުމުގެ އިސް އެއްވެސް މަޤާމެއްގައި ނުހުންނާނެ ރައްޔިތުން އިންތިޚާބު ނުކުރާ މީހެއް." އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ، މުޅި ދުނިޔޭގެ ތަނަވަސް ޑިމޮކްރެޓިކް ޤައުމުތަކުގައި ޕްރެކްޓިސް ކުރާ ބަރުލަމާނީ ނިޒާމަކީ ބޯދާ ނިޒާމެއް ކަމަށް ވެދާނެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެމެރިކާ ފިޔަވާ ތަނަވަސް ކާމިޔާބު ޤައުމުތަކުގެ ތެރެއިން ރިޔާސީ ނިޒާމެއް ކާމިޔާބު ވެފައި އޮތް ޤައުމަކީ ކޮބައިތޯ އިންތި ސުވާލު އުފައްދަވާފައިވެއެވެ.

މެމްބަރު ޝަރީފް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ، ދިވެހި ރައްޔިތުން އިނގިރޭސިވިލާތުގައި އޮންނަ ގޮތަށް ވިރާސީ ރަސްކަމަކަށް ދީލާލައި ބަރުލަމާނީ ނިޒާމެއް ޚިޔާރު ކުރަންވީ ސަބަބެއް ނެތްކަމަށާއި، ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ ބަސް ކުޑަކަމަށެވެ. އެގޮތުން ކެނެޑާ އާއި، އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައިވެސް އޮތީ، ބަރުލަމާނީ ނިޒާމެއް ކަމަށާއި، އެޤައުމުތަކުގެ ވެރިއަކީ އިނގިރޭސި ކުއީން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެޤައުމުތަކުގެ ރައްޔިތުންގެ އަތުގައި އެމީހުންގެ ވެރިޔަކު ހޮވުމުގެ ބާރު ނޯންނަކަމަށާއި، ނަމަވެސް ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދައިގެން މެނުވީ ވެރިކަމަށް ނާދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތް ނަމަވެސް ބަރުލަމާނީ ސިފަތައް ހިމެނޭ ގިނަކަން ކަންކަން މިހާރުވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ކުރުސްޗޮޕް

19-Dec-2020

އެހެންތަ? އަންނަ ފެބްރުވަރީގަ އިންތިޚާބެއް ބާއްވަން ތިއުޅެނީވެސް ރައީސު އިންތިޚާބު ކުރަންތަ? މިހިރަ މީހެއް ދޯ?


0

ކިނބޫ

19-Dec-2020

އަނެއްކާ އަނެއް ކިސް ގޮވަނީތަ އެންގްރީބާރޑް? ކަލޭމެން ބާގައި މޮޔައިންބަށް ކިޔާދީބަލަ ތިވާހަކަ. އޭރަށް ތެދެކޭ ތެދެކޭ ކިޔާފަ އަތް ޖަހާނެ. އަހަރުމެންނަކީ މޮޔައިންނެއް ނޫނޭ ލޯކުރިމަތީ ހިނގާ ކަންތައް ނޭނގޭކަށް.



ޓްރެންޑިން