އެޕާޓީގެ ކުރީގެ ރައީސް އިބުރާހިމް އިސްމާއީލް (އިބުރާ)
އެޕާޓީގެ ކުރީގެ ރައީސް އިބުރާހިމް އިސްމާއީލް (އިބުރާ)
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމިން ޖަލުގައި ހުންނެވީ "ކުށެއް ކުރެއްވީމަތޯ، ނޫނީ ވެރިކަން ކުރެއްވީމަތޯ" އޭ ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އިބުރާހިމް އިސްމާއީލް (އިބުރާ) ސުވާލު އުފައްދަވައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު އެންމެ މިނެޓަކަށް ވެސް ޖަލުގައި އޮންނެވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން ރައީސް ޔާމީނާއި ދައްކަވަން ބޭނުންފުޅުވާ ވާހަކަތަކެއް އެބަހުރި ކަމުގައި ވެސް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ޔާމީނު ޖަލުގައި ހުންނެވި ސަބަބާއިމެދު އިބުރާ ސުވާލު އުފެއްދެވީ ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާއި ގުޅިގެން ކަމަށް ގަބޫލުކުރެވެއެވެ.

"މިހާރު ކުޑަކޮށް އެބަ އޮޅޭ ރައީސް ޔާމިން ޖަލުގައި ހުންނެވީ ކުށެއް ކުރެއްވީމަތޯ؟ ނޫނީ ވެރިކަން ކުރީމަތޯ؟" އިބުރާ ވިދާޅުވިއެވެ.

ވެރިކަމުގައި ހުރެގެން އެއްވެސް މީހަކު ކުރާ އެއްވެސް ކުށަަކަށް އަދަބު ނުދޭންވީތޯ ވެސް އިބުރާ ސުވާލު އުފެއްދަވާފައި ވެއެވެ.

އެމްޑީޕީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެެރިިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލީ ދުވަހު އެކަމާއި ހިތާމަކޮށް، ކީރިިތިކުރެއްވި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ހައްޔަރު ކުރީ އެމަނިކުފާނު ހައްޔަރު ކުރީމާ ބަދަލުހިފުމަށް ކަމަށް ރާއްޖޭގެ ނޫސްތަކުން ގެނެސްދިނުމުން އެކަމާ ލަދުވެތިވާ ކަމަށާއި، އެެހެން ވިދާޅުވެފައި ނުވާނޭ ކަމަށެވެ. އަދި ސީދާ އެެހެން ވިދާޅުވުމުގެ ކުރިން ވިދާޅުވި އެއްޗާއި، އަދި ފަހުން ވިދާޅުވި، އެއްޗެއް ބެލުމުން އެެމަނިކުފާނު ވިދާޅުވެެފައި ވާނީ އެހެން ނޫންކަން އެނގޭނެެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެެ.

"ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ކުޑަކޮށްވެެސް އަޅުގަނޑާއި ގުޅުމެއް އޮވެގެނެއް ނޫން. އަޅުގަނޑު ދައްކަމުން ދިޔަ ވާހަކަ އަކީ ދިވެހި ރާއްޖޭގައި އޮތް ވެރިން ހައްޔަރުކުރުމުގެެ ސަގާފަތް ދޫކޮށްލުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަތޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވެރިން ހައްޔަރުކުރުމުގެ ސަގާފަތް ހުއްޓުވުމުގެ ފުރުސަތު އެމަނިކުފާނަށްވެސް ލިބިވަޑައިގެންނެވި ކަމަށާއި، އެކަން ހިތްވަރުކޮށްގެން ކުރައްވަމުން ގެންދަވާފައި ވާނެ ކަމަށެވެ. އަދި އެކަން ރައީސް ޔާމީން ކުރެއްވި ނަމަ މިއަދު ހަގީގަތް އޮންނާނީ ވަރަށް ތަފާތުކޮށް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިިކުފާނު ޖަލަށް ލުމުން، މި ވެރިކަމުގައި ރައީސް ޔާމީން ޖަލަށް ލުމަކީ އެމަނިކުފާނު ބޭނުންފުޅުވެެގެން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށާއި އެހެން ނަމަވެސް އެއީ ކުށްހީއެއް ކަމަށެވެ.



ރައީސް ނަޝީދު ވަނީ ޔާމީނުގެެ ސަރުކާރުގައި އެމަނިކުފާނު ޖަލަށް ލުމުން އެެކަމާ އޭރުގެ ސަރުކާރުން އުފާ ފާޅުކުރި ކަމަށް ވިދާޅުވެފައެވެ. އެކަމުގެ އުފަލުގައި ހަވާއެރުވުން ފަދަ ކަންކަން ކޮށްފައިވާކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ނުރަބޯ

21-Dec-2020

ކެރަފާ ނަޝީދަކީ ޓެރަރިޒަމްގެ ޢަމަލެއް ހިންގާފައިވާ ފަރާތެއް ކަން މުޅި ދުނިޔެ ހެކިވޭ. އެކަމަކު މިހާ ފައުޅު ކަންބޮޑު ކުށަށް އައި ޖަލު ޙުކުމަކީ ފަނޑިޔާރުންނާ ކޯޓުތަކަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ ކޯޓުން ނަޝީދު އެހެރީ މިނިވަން ކޮށްފައެވެ.


14

ކކކކ

20-Dec-2020

ބޮޑަށް އެނގޭނީ ކަލެއަށް.


3

މުޙައްމަދު

20-Dec-2020

ޔާމީނު ބާއްވާނީ ޖަލުގަ. ޙުކުމް ތަންފީޒުވީމަ ދާނެތާކަށް ދާންވީ.


6

ފަތުހު 18 ޑިސެންބަރު 2020

20-Dec-2020

އެއީ ރައީސް ޔާމިނު ކުށެކޮގެނެނޫ އެއީ ފުރިހަމަ ރަން ފަސްއަހަރު ވެރިންކުރީމާ ފަސްއަހަރު މުޅި ދިވެހިރާއްޖެ ތަޤީކުރީމާ ދިންއަދަބު ﷲއިރާދަކުރެވިޔާ އަދިއަހަރެމެން ދޮށަ ސަލާންޖަހަން އަންނާނެ މާތް ﷲ ރައީސް ޔާމިނުސަލާމަތްކުރަވާށި އާމީން


18

ޓީ

20-Dec-2020

ކަރުބުޑު އިން ކުޑަދުލައް ނުދަމާބަ


-4

ޙަސަނު

20-Dec-2020

ޥެރިކަން ކުރިޔަސް' ނުކުރިޔަސް ގާނޫނީގޮތުން އަދަބުލިބޭ ކުށެއް ކޮށްފިނަމަ އެކުށެއްގެ އަދަބު ލިބެންޖެހޭނެ. އަދަބުލިބެންޖެހޭ މީހުން ކެޓަގަރައިޒު ނުކުރެވޭނެ. ގާނޫނުގައި އެންމެން ހަމަހަމަވާނީ އެނޫން ގޮތެއްނަމަ އެއީ ގާނޫނެއްނޫން އެއީ ބޭއިންސާފުގެ އެންމެ ނުރައްކާ ވައްތަރު


0

ޢިޒުރޭލް

19-Dec-2020

ޜައީސް ޔާމީނު ޖަލައްލީ ތިވާހަކަދައްކާ ނަޝީދު އަޑަިގަހުރެގެން ގާޒީންނައް ނުފޫޒުފޯރުވައިގެން އޭނަގެ ރައްޓެއްސެށް ކައިރީގަބުނެފަ އެބަހުރި ތިމަންނަޔަށް ޖެއްސިހާލަތު ދިވެހި ރައްޔިތުންނަށް ޖައްސާނަމޭ އެވިރުގެ މީހަކު ނުކުރާނީ ކޮންކަމެއް


9

ބޮއިހަލާކު

19-Dec-2020

ލާދީނީ އިބުރާ ޖަލައްނުލާ ހުރީ ޖަލުގައި ޖާގަނެތީމަތަ... ނޫނީ .. އޭނާގެ ކޮރަޕްޝަންގެ ބޮޑުކަމުންތަ..


3

ބޮއިހަލާކު

19-Dec-2020

ލާދީނީ އިބުރާ ޖަލައްނުލާ ހުރީ ޖަލުގައި ޖާގަނެތީމަތަ... ނޫނީ .. އޭނާގެ ކޮރަޕްޝަންގެ ބޮޑުކަމުންތަ..



ޓްރެންޑިން