ރާއްޖެއަށް ޒިޔާރަތްކުރި 500 ވަނަ ފަތުރުވެރިޔާ
ރާއްޖެއަށް ޒިޔާރަތްކުރި 500 ވަނަ ފަތުރުވެރިޔާ
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަސް ލައްކަ ވަނަ ފަތުރުވެރިޔާއާއި އެކު ރާއްޖެއިން މިއަހަރަށް އަމާޒުކުރި ޓާގެޓް ޙާސިލްކޮށްފިއެވެ.

ރާއްޖެ އަށް ޒިޔާރަތްކުރި ފަސް ލައްކަވަނަ ފަތުރުވެރިޔާ އަކީ ޖަރުމަނަވިލާތުން ރާއްޖެ ޒިޔާރަތްކުރި ކިއަރސްޓަން މެޑަލިން ނިޓްކަ ކިޔާ އަންހެނެކެވެ. އެމިރޭޓްސްގެ ފްލައިޓެއްގައި އޭނާ މިއަދު ރާއްޖެ އަށް އައީ ހެނދުނު 11:05 ހާއިރުއެވެ.



ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި، އެމްއެމްޕީއާރްސީ އިން ވަނީ ފަސް ލައްކަވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އެމްއެމްޕީއާރްސީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލް އިން ވެސް ވަނީ ފަސް ލައްކަވަނަ ފަތުރުވެރިޔާ އަށް މަރުޙަބާ ކިއުމުގައި ބައިވެރިވެފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން މީގެކުރިން ލަފާ ކޮށްފައި ވަނީ ފަސް ލައްކަވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނީ މިމަހުގެ 19ވަނަ ދުވަހު ކަމަށެވެ. ނަމަވެސް މިހާރު ދުވާލަކު ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު 4000 އަށް އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ "ބޫމް" އެއް އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށާއި، އަންނަ އަހަރު 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް މިހާރު އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން