އަހުމަދު ޝަރީފު
އަހުމަދު ޝަރީފު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބު އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ އެކު، އިއްޔެ މަޝްވަރާކުރި ނަމަވެސް އިންތިޚާބު ބޭއްވިދާނެ ކަމުގެ ޔަގީންކަން އަދި ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ފަސްކޮށްފައިވާ އިންތިޚާބު އަންނަ މާޗު މަހުގެ 6 ނުވަތަ 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު، އިންތިޚާބާ ބެހޭ އެއްވެސް މަސައްކަތެއް ރަސްމީކޮށް ފެށޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުންނެވެ.

މި އަހަރު ބާއްވަން ޖެހޭ އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚާއްސަ ގާނޫނުގައި ބުނެފައި ވަނީ އިންތިޚާބުގެ މަސައްކަތްތައް ކޮމިޝަނުން ފަށާނީ މާޗު، 12، 2020 ގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. ދިގުދަންމަމުން އަންނަ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން ވެސް އިތުރުކުރީ މަހަކަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 5 އަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ލަސްވުމަކީ ޕާޓީތަކާއި ކެންޑިޑޭޓުންގެ ވެސް ކަންބޮޑުވުމެކެވެ. އީސީގެ ރައީސް ވިދާޅުވެފައިވަނީ ކެމްޕޭން ކުރަން ފުރުސަތު ނުދީ އިންތިޚާބު ނުބާއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން