އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ)
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ)
ފަތުރުވެރިން ރާއްޖެ އައިސް އިމްރޭޝަން ކްލިއަރެންސް ވާން ދެން ނަގާނީ 35 ސިކުންތު ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެއެވެ.

\

ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިން ރާއްޖެއައިސް ކްލިއާވާން ނަގާ ވަގުތު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން، މިހާރު ފަތުރުވެރިން އިމިގްރޭޝަން ކްލިއާވާން ނަގާނީ ގާތްގަނޑަކަށް 35 ސިކުންތު ކަމަށެވެ. އެހެންކަމުން މިހާރު 14 ކައުންޓަރުން އެކުގައި ހިދުމަތް ދޭއިރު، 350 ފަތުރުވެރިންގެ އިމިގްރޭޝަން ކްލިއަރެންސަށް މިހާރު ނަގާނީ ގާތްގަނޑަކަށް 15 މިނެޓުކަމަށް ހަނަފީ ވިދާޅުވިއެވެ.



ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަންނަ ފަތުރުވެރިން އިތުރުވެ ކްލިއަރެންސާއި އެހެނިހެން ހިދުމަތްތައް ލަސްވާ މައްސަލަވަނީ ފެންމަތިވެފައެވެ.

އެގޮތުން ގަޑިއިރުތަކެއް އެއާޕޯޓާ އަދި ޓީއެމްއޭ ސީ ޕްލްޭން ޓާމިނަލުގައި ހޭދަކުރަންޖެހޭކަން ވަނީ ފާހަގަވެފައެވެ.

އެގޮތުން ފަތުރުވެރިންނަށް ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ރޭކުރަން ޖެހުމާއި ފަތުރުވެރިޔާ ދާން ބޭނުންވާ މަންޒިލަށް ގަޑިއަށް ނުދެވި ލަސްވާ ލަސްވުމަކީ އިތުރު ޚަރަދު ތަކެއް ހިނގައި ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެއް ކަމަށް ބުނެ އެދާއިރާގެ ކަމާބެހޭ ފަރާތްކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން