މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު
ދިވެހިރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީޣެ ޚިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ސަރުކާރަށް ނިސްބަތްވާ ފަރާތްަކުގެ މައްސަލަ ނުބަލާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އާދަން ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެޚިޔާނާތުގައި ހިމެނޭ ވަކި ބައެއްގެ މައްސަތައް ބަލާތީ އެކަމުން ދޭހަވަނީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަދުލުއިންސާފުގެ ވެރިކަމެއް ރާއްޖޭގައި ނެތް ކަމަށެވެ.

"އެމްއެމްޕީއަރުސީ މައްސަލައިގައި ބައިވެރިވި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ މައްސަލަ ނުބަލައި، އެ ނޫން ފަރާތަކުގެ މައްސަލަ ކުރިއަށް ގެންދިއުމުން ދޭހަވީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ރާއްޖޭގައި ނެތްކަން." ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު މި ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ ހުސައިން މަނިކުގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމާ ގުޅިގެންނެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އެސެޓް ރިކަވަރީ ކޮމިޝަނުން އިސްކަންދީގެން ބަލަމުން އަންނައިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމާއި އެ ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ކޮމިޝަނުން ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ކުރީގެ ސަރުކާރާއި މި ސަރުކާރުގެ ވެސް އިސް ބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ކުރީގެ ސަރުކާރުގައި އިސްކޮށް ތިއްބެވި 30 ބޭފުޅުންނާއި، މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ 16 މެމްބަރުންގެ އިތުރަށް ފަސް ފަނޑިޔާރެއްގެ މައްޗަށް ވެސް ތުހުމަތު ކުރެ އެވެ.

ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމްކޮށްފައި ވަނީ ތިންް މީހެއްގެ މައްޗަށެވެ. އެއީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އިތުރުން ހިޔާނާތް ހިންގި ދުވަސްވަރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތެވެ. ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއްކޮށްފައިވާއިރު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ.

އަދީބާއި ޒިޔަތުގެ މައްޗަށް އިއްވަންޖެހޭ ހުކުމްތައް އިއްވާ ނިންމާލާފައިވަނީ އެދެމީހުން ދައުލަތާއެކު އެއްބާރު ލުމުގެ އެއްބަސްވުންތައް ހަދައިގެން ގަނޑުކޮށް ހުކުމް ކުރުމުންނެވެ. ރައީސް ޔާމިންގެ އިތުރު މައްސަލަތަކެއް މިހާރުވެސް ދަނީ ކޯޓަށް ހުށައެޅި ޝަރީއަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން