އައިޖީއެމްއެޗް
އައިޖީއެމްއެޗް
ގއ. ދާންދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ތިން އަހަރު ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މި ކުއްޖާ މާލެ ގެނެސްފައިވަނީ ގއ. ވިލިގިނލީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް ފުރަތަމަ ފަރުވާދީފައިވަނީ ދާންދޫ ހެލްތު ސެންޓަރުގައެވެ. އެއަށްފަހު ވިލިނގިލީ ހޮސްޕިޓަލަށް ބަދަލުކޮށް އެތަނުގައި ފަރުވާ ދިނެވެ.

ގއ .ވިލިނގިލި ހޮސްޕިޓަލުގެ އޮފިޝަލަކު ރޭ ވިދާޅުވީ މި ތުއްތު ކުއްޖާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބި, ފައި ބިންދައިގެން ދިޔުމުގެ އިތުރުން އިތުރު ގިނަ ޒަހަމްތައްވެސް ލިބިފައިވާކަމަށެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލu ނުވެ ގޮސް މަގުމަތީގައި ހުރި ކުއްޖާގެ ގައިގަ ޖެހިގެންނެވެ. .

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށްވެސް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ. އެ ޒުވާނާއަށް ވިލިނގިލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން މީހާގެ ލައިސަންސް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ތިމަންނަ

18-Dec-2020

ތިޔަ މައްސަލައިގާ ސައިކަލު ކުއްވެރި ކުރަން...



ޓްރެންޑިން