ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣްނީ
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣްނީ
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣްނީ ހުޅުމާލެއިން ދެވަނަ ފްލެޓެއް ބައްލަވައިގެންފިއެވެ.

އޭނާ ފްލެޓް ބައްލަވަައިގަތީ ހުޅުމާލޭގައި މި ވަގުތު ހުރި އެންމެ އަގުބޮޑު އެއް ތަން ކަމަށްވާ އަމީން އެވެނިއު އިންނެވެ.

މެމްބަރު މުޣްނީ ރައްޔިތުންގެ މަޖްލީހަށް އެންމެ ފަހުން ހުށައަޅުއްވާފައިވާ މާލީ ބަޔާނުގައި ވާ ބިން/ޢިމާރާތް/ފްލެޓް ފަދަ ތަކެތީގެ ބައިގައި، މިލްކިއްޔާތުގައި 3 މިލިއަށް ރުފިޔާގެ ފްލެޓެއް އަމީން އެވެނިއުގައި ހުރިކަން ބަޔާންކޮށްފަައިވެއެވެ. އެފްލެޓަކީ މަޖްލީހަށް ހޮވިވަޑައިގެންނެވުމުގެ ކުރިން ރައްކާކޮށްފައިވާ ފައިސާ އިން އަމީން އެވެނިއު އިން 2016 ވަނަ އަހަރުގައި ބައްލަވައިގެންނެވި ފްލެޓެއްކަމަށްވެސް މާލީބަޔާނުގައިވެއެވެ.

މެމްބަރު މުޣްނީ ބައްލަވައިގެންނެވި ދެވަނަ ފްލެޓަކީ އަމީން އެވެނިއު ޓީކްއިން ބައްލަވައިގެންނެވި ފްލެޓެކެވެ.

ސިވިލް ކޯޓު ހުޅުމާލޭ ޑިވިޒަނުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ޙުކުމުގައި މެމްބަރު މުޣްނީ ބައްލަވައިގެންނެވި ދެވަނަ ފްލެޓްގެ މިލްކުވެރިކަން ކަނޑައަޅައި އެ ޙުކުމުގައި ވަނީ މިފްލެޓް ޢަބްދުލް މުޣުނީ ގަނެ، މިވިޔަފާރި ޢަޤުދުކޮށް، މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރި ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމީން އެވެނިއު ޓީކް ގޯތީގެ އެއްމެދު ޢިމާރާތުގެ ފްލެޓް މި ފްލެޓަށް ނިސްބަތުން ލިބިގެންވާ ބިމާއެކު މި ފްލެޓް މުޣުނީ އަށް މިލްކުކޮށްދީފައިވާ ކަމަށެވެ.



މެންބަރު މުޣުނީ ފްލެޓް ބައްލަވައިގެން މިލްކް ކުރެއްވިކަމަށް ކޯޓުން ކޮށްފައިވާ ހުކުމާއެކު ޓްވިޓާގައި މީހަކު ހިއްސާކޮށްފައިވާއިރު މިކަމާއި ގުޅިގެން މެންބަރު މުޣުނީއަށް ވަރަށް ގިނަ ބަޔަކު އަނަންނީ ފާޑުކިޔަމުންނެވެ. މިފާޑުކިއުންތައް ކުރިއާއި މިހާރުގެ މަޖިލިސް މެންބަރުންނަށް އަމާޒުކޮށްފައި ވެއެވެ. އެގޮތުން މެންބަރުކަން ލިބިވަޑައިގަންނަވާއިރަށް ލިބިވަޑައިގަންނަވާ ނުބައްދަލު މުއްސަނދިކަމުގެ މައްސަލަ ބެލެން ޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

.....

19-Dec-2020

ސާބަހޭ ވަގާ!



ޓްރެންޑިން