ފެތުރެމުންދާ ކޮވިޑުގެ ބަލިމަަޑު ކަމުން ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށް މިވަނީ އެންމެނަށްވެސް މަޖުބޫރުވެފައެވެ. ނަމަވެސް މާސްކް އެޅުމުން 'މާސްކް އެކްނީ' ނުވަތަ މޫނުމަތީގައި އޮށާޅަ ނަގައި ލަކުނުލުމުގެ މައްސަލަތަކުގެ ވާހަކަ މިއަދު މިވަނީ އިތުރުވެފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި މާސްކް ބޭނުންކޮށް މޫނުމަތި ނިވާކުރުމުގެ ސަބަބުން މޫނުމަތީގައި އޮށާޅަ ނެގުމުގެ ފުރުސަތު ބޮޑުވަނީ ހަންގަނޑު ތެޔޮކޮށް ހުންނަ މީހުންނަށާއި މޫނުމަތީގައި އޮށާޅަ ނަގައި ލަކުނުލުމުގެ މައްސަލަތައް ކުރިމަތިވާ މީހުންނަށެވެ.

ދިރާސާ އަކުން ދައްކާފައިވާގޮތުގައި މާސްކް އެޅުމުން 'މާސްކް އެކްނީ' ނުވަތަ މޫނުމަތީގައި އޮށާޅަ ނަގައި ލަކުނުލުމުގެ މައްސަލަތައް ކުރިމަތިވާ ސަބަބު ތަކުގެ ތެރޭގައި އާންމު ތިން ސަބަބެއް ހިމެނެއެވެ. މީގެ ތެރޭގައި:

1- މާސްކް އެޅުމުގެ ކުރިން މޫނުމަތީގައި ތަފާތު ކްރީމްތައް ހޭކުމާއި މޭކަޕް ކުރުން.

2- މާސްކުގައި އުނދަގޫ ވާފަދަ ކެމިކަލްގެ މާއްދާއެއް އެކުލެވުން

3- މާސްކް އަޅާފައިހުންނައިރު ދާހިއްލާ އެދާތައް ހިކި ހަންގަނޑު ރަތްވެ ކަހާ ގޮތްވުން.

މާސްކް އެޅުމުން ކުރިމަތިވާ 'މާސްކް އެކްނީ' ގެ މައްސަލަތަކުން ރައްކާތެރިވާނީ ކިހިނެތް؟

1- އަލުން ބޭނުންކުރެވޭ މާސްކެއްނަމަ، މާސްކް އެއްފަހަރު ބޭނުން ކުރުމަށްފަހު ދެވަނަ ފަހަރަށް ބޭނުން ކުރުމުގެ ކުރިން މާސްކް ރީއްޗަށް ދޮންނާށެވެ.

2- ގިނަވަގުތު މާސްކް އެޅުމަށްފަހު މޫނު ރީއްޗަށް ދޮންނަން އާދަ ކުރާށެވެ.

3- މޫނުގައި މޮއިސްޗަރރައިޒަރ އެއްއުނގުޅާނަމަ، އޮއިލް ފްރީ - މޮއިސްޗަރރައިޒަރއެއް ބޭނުން ކުރާށެވެ.

4- މާސްކް އެޅުމުގެ ކުރިން މޭކަޕް ނުކުރާށެވެ.

5- މޫނުމަތީގައި އޮށާޅަ ނަގައި ލަކުނުލުން އިތުރުވުން ހުއްޓުވުމަށް އަތް ނުދޮވެ މޫނުމަތީގައި އަތް ނުހާކާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން