ޗައިނާގައި އެންމެ ފަހުން ބޭއްވި ކޮތަރު ރޭހުގެ ތެރެއިން.
ޗައިނާގައި އެންމެ ފަހުން ބޭއްވި ކޮތަރު ރޭހުގެ ތެރެއިން.
އެކި ގައުމުތަކުގައި އެކިކަހަލަ ޒަމާންވީ އާދަކާދަތަކާއި ކުޅިވަރުތައް ކުޅެމުންދެއެވެ. އަދި މިފަދަ ކަންކަމަކީ ޒަމާނަށް އަންނަ ބަދަލުތަކާއެކުވެސް ކުުރިއަށްދާކަންކަމެވެ.

މިގޮތުން ޗައިނާގައި ކޮތަރު ރޭސް ޖެހުމަކީ މީގެ އެތައް އަހަރެއް ކުރިން ކުޅިވަރެއްގެ ގޮތުގައި ފެށިފައިވާ ކަމެކެވެ. އަދި ރޭހުގެ ކަންކަން ބެލެހެއްޓުމަށް ޗައިނީސް ޕިޖަން އެސޯސިއޭޝަން ކިޔާ ޖަމިއްޔާއެއްވެސް އޮވެއެވެ.

ޗައިނީސް ޕިޖަން އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުން މިކުޅިވަރަށް ލިބިފައިވާ އެއްބާރުލުން ފެންނަކީ އެ ޖަމިއްޔާގެ މެމްބަރުންގެ އަދަދާއެކުއެވެ. މިގޮތުން މި ކުޅިވަރަށް ޝައުގުވެރިކަން ފާޅުކޮށް ދިހަ ހާހެއްހާ މީހުން 1980ގެ އަހަރުތަކުގައި ޗައިނީސް ޕިޖަން އެސޯސިއޭޝަން އާއި ގުޅިފައިވާއިރު މިހާރު މި ޖަމިއްޔާގައި 400،000 އެއްހާ މެމްބަރުން ތިބެއެވެ. އަދި މިއީ ކޮތަރު ރޭސް ވުޖޫދަށް ގެނުވި ގައުމު ބެލްޖިއަމްގައި މިކުޅިވަރަށް ޝައުގުވެރިވާ މީހުންނަށް ވުރެ އެތައްގުނައެއް އިތުރު އަދަދެކެވެ.

ޗައިނާގައި މިކުޅިވަރަށް އޮތް ޝައުގުވެރިކަން އިތުރުވެ، ކޮތަރު ގެންގުޅެ ބަލަހައްޓާމީހުން ދަނީ މި ކޮތަރު ރޭހުގައި ބޭނުން ކުރެވޭނެ ކޮތަރު ތަމްރީނުވެސް ކުރަމުންނެވެ. މިގޮތުން މިދިޔަމަހު އެކަނިވެސް މި ރޭހުގައި 8000 ކޮތަރު ވަނީ ބޭނުންކުރެވިފައެވެ. އަދި މިރޭހުގައި އެންމެ މޮޅު ކޮތަރެއް ހޮވަނީ އެންމެ ދުރަށް ދަތުރުކުރާ ކޮތަރެއް ބެލުމަށްފަހުއެވެ.

މިރޭހުގައި ބޭނުން ކުރެވޭ ކޮތަރު ދިރުވާ އާލާކުރުމުގެ ގޮތުން ކޮތަރު ރޭހުން މޮޅުވާ ކޮތަރު ގަތުމަކީވެސް އާންމުކަމެކެވެ. މިގޮތުން އެންމެ ފާގަކޮށްލެވުނީ މިދިޔަ މަހު، ޗައިނާގެ ކޮތަރު ބަލަހަައްޓާ މީހަކު ބެލްޖިއަމުން 1.9 މިލިއަން ޑޮލަރަށް ކޮތަރެއް ގަތް ވާހަކައެވެ.

ކޮތަރު ގެންގުޅެ ބަލަހައްޓާމީހުން ދަނީ ކޮތަރުތައް ބަލަހައްޓައި ތަމްރީނު ކުރުމަށް 30،000 އެއްހާ ޑޮލަރު އަހަރެއްގެ މައްޗަށް ހޭދަ ކުރަމުންނެވެ. ނަމަވެސް ކޮތަރު ރޭހަކުން މޮޅުވާ ކޮތަރަކަށް ލިބެނީ އެންމެ 760 ޑޮލަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން