އެންމެ ގިނައިން އަހަރުމެންނަށް އިވޭ އިނގިރޭސި އެއް ހަރު ބަހަކީ "އޭން އެޕަލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ" އެވެ. ދިވެހިން މާނަ ކުރާނަމަ ދުވާލަކު އާފަލެއް ކެއުމުން ބަލިތަކާ ދުރުވެ ޑޮކްޓަރަށް ދައްކަން ޖެހޭ މިންވަރު މަދުވާނެކަމަށެވެ. އާފަލެކޭ އެއްފަދައިން ދުވާލަކު ދޮންކެޔޮވަކެއް ކެއުމުންވެސް ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ކޮށް ސިއްހަތު ރަނގަޅުވުމަށް މަގުފަހިވެއެވެ.

އަދި ހަރުބަހަކުން ދޮންކެޔޮ ކާން ހަނދާން ނުކޮށްދެވުނަސް، ދޮންކޭލުގައި އެކުލެވޭ ވިޓަމިންސްގެ ބާވަތްތަކަކީ ހަށިގަނޑަށް ފައިދާހުރި ތަކެއްޗަށްވުމުން، ދުވާލަކު އެއް ވަށް ދޮންކެޔޮ ކެއުމުން ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިބި ސިއްހަތު ރަނގަޅުވުމަށް މަގުފަހިވެއެވެ.

ނަމަވެސް ދޮންކެޔޮ މާގިނައިން ކެއުމަކީ ހަށިގަނޑަށް ރައްކާތެރި ކަމަކަށް ނުވެއެވެ. މިގޮތުން ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ހަށިގަނޑުގައިވާ އެކި މާއްދާތަކުގެ މިންވަރަށް ބަދަލު އައިސް ސިއްހަތަށް ނުރައްކާވާ ހިސާބަށް ދިއުންވެސް އެކަށީގެންވެއެވެ. މިގޮތުން ދިރާސާ ތަކުން ލަފާއަރުވާފައިވަނީ ދުވާލެއްގެ މައްޗަށް އެއް ވަށް ދޮންކެޔޮ ނުވަތަ ދެވަށް ދޮންކެޔޮ ކެއުމަށެވެ.

ދުވާލެއްގެ މައްޗަށް ދޮންކެޔޮ ވަކެއް ކެއުމުން ލިބޭ ފައިދާ ތަކުގެ ތެރޭގައި:

1- ހަށިގަނޑުގެ ހަޖަމުގެ ނިޒާމަށް އެހީތެރިކަން ލިބުން.

2- ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ލިބުން.

3- ހަންގަނޑުގެ ދުޅަހެއުކަން ރަނގަޅުވުން.

4- ހަށިގަނޑަށް ބޭނުންވާ އެނާރޖީ ނުވަތަ އިތުރުވުން.

5- ހިތުގެ ދުޅަހެއުކަން ރަނގަޅުކުރުމަށް ބޭނުންވާ ޕޮޓޭސިއަަމް ލިބުން.

6- ލޮލުގެ ފެނުމާއި ލޮލުގެ ސިއްހަތު ރަނގަޅުވުން.

މީގެ އިތުރުން ދޮންކޭލަކީ ޕޮޓޭސިއަމް، އަޔަން، އަދި ވިޓަމިން ސީ ގެ އިތުރުން ހަށިގަނޑަށް ފައިދާހުރި އެތަކެއް މިނަރަލް އަކާއި ވިޓަމިނެއް އެކުލެވޭ ކާނާގެ ބާވަތެއްްކަމަށް ވުމުން ދުވާލަކު ދޮންކެޔޮވަކެއް ކެޔުމުން ހަށިގަނޑަ ލިބޭ ފައިދާ އިތުރުވެ ސިއްހަތު ރަނގަޅުވެގެން ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން