މާފުށީ ޖަލަށް ޑްރޯނެއް ބޭނުންކޮށްގެން ވައްދަން އުޅުނު ބައެއް ތަކެތި
މާފުށީ ޖަލަށް ޑްރޯނެއް ބޭނުންކޮށްގެން ވައްދަން އުޅުނު ބައެއް ތަކެތި
މާފުށީ ޖަލަށް ޑްރޯނެއް ބޭނުންކޮށްގެން ވައްދަން އުޅުނު ފޯނުތަކަކާއި ވައިފައި ރައުޓަރަކާއި އިތުރު ބައެއް ތަކެތި އަތުލައިގެންފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޑްރޯން ބޭނުން ކޮށްގެން މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު އެއްޗެހިތަކެއް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ރޭ އަތުލައިގެންފައިވާ ކަމަށެވެ.



ރޭ އަތުލައިގަތް ތަކެތީގެ ތެރޭގައި 8 މޯބައިލް ފޯނާއި، 6 ޗާޖަރާއި، ވައިފައި ރައުޓަރެއްގެ އިތުރުން ޔޫއެސްބީ ކޭބަލާއި، 2 ސިމްކާޑް ހިމެނެއެވެ.

މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެނޫން ވެސް ބައެއް ތަކެތި ވަގަށް ވައްދަނިކޮށް ދޭތެރެ ދޭތެރެއިން އަތުލައިގަނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން