ށ. ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު  (ފޮޓޯ: އެމްޓީސީސީ)
ށ. ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު (ފޮޓޯ: އެމްޓީސީސީ)
ށ. ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ޅައިމަގުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށްޓަކައި މަޝްރޫއު ހިންގާ ސަރަހައްދު މި މަހުގެ ހަތްވަނަ ދުވަހު ތައްޔާރުކޮށް ނިންމައި މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައެވެ.



އެ މަޝްރޫޢުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

480 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 56.3 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން