ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނާއި މަރާލާފައިވާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމިން ރަޝީދު
ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނާއި މަރާލާފައިވާ އޭނާގެ އެންމެ ގާތް އެކުވެރިޔާ ޔާމިން ރަޝީދު
ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓައިނުލައްވާ ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު ރޭ އަނެއްކާވެސް ތަކުރާރު ކުރައްވައިފިއެވެ.

ނޫސްވެރިންނަށް އެވޯޑް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރިލުވާނާއި ޔާމީނަށް އިންސާފު ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމަށާއި ނަމަވެސް އެމަސައްކަތް ނުހުއްޓި ކުރިއަށް އެބަދާކަމަށެވެ.

"ނޫސްވެރިކަމުގެ މިފަދަ ޙަފްލާއެއް ކުރިއަށްދާއިރު، އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، އަޅުގަނޑުމެން ހުއްޓައެއްނުލަން. އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ." ރައީސް ވިދާޅުވިއެވެ.

ރިލްވާނާއި ޔާމީނަށް އިންސާފު ހޯދައިދިނުން ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއިރު އެމަނިކުފާނު އުފެއްދި މަރު ކޮމިޝަނުން އެދެމައްސަލަ ވެސް ދަނީ ބަލަމުންނެވެ. ރިލްވާންގެ މައްސަލައިގައި ވަގުތީ ރިޕޯޓެއް ނެރެ، ބައެއް މީހުން ހައްޔަރުކޮށް ތަޙްޤީޤު ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ރިލްވާނާއި ޔާމީނަށް އިންސާފު ހޯދައިދިނުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހު ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ޞާލިހް ވެފައިވާ އެންމެ މުހިއްމު އެއްރިޔާސީ ވައުދެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ދެއަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރު ރިލްވާންގެ މައްސަލައިގައި ވެސް އަދި ޔާމީންގެ މައްސަލައިގައި ވެސް ކުރި އެރުމެއް ހޯދިފައި ނުވެއެވެ.

ރިލުވާނުގެ އާއިލާގެ އެދުމުގެ މަތިން މިމައްސަލައިގެ ތަހުގީގަށް އެހީވުމަށް ބިދޭސީ މާހިރަކުވެސް ވަނީ ރާއްޖެ ގެނަސްފައެވެ. އޭނާއަށް ދައުލަތުން ކުރަނީ ކިހާ ޚަރަދެއް ކަމެއް ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން