މިވަގުތަށް ކުރަންވީ ކަމަކީ ޤާނޫނު އަސާސީގައި ހުރި ބަރުލަމާނީ ސިފަތައް އުވާލުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ގިނަބަޔަކު ގެންދަނީ ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމް ކަނޑައަޅަނީ ރައްޔިތުން ކަމަށާއި، އެކަމަށް ބަދަލު ގެނޭވޭނީވެސް ރައްޔިތުންނަށް ކަމަށް ބުނަމުންނެވެ.
މީސް މީޑިއާގައި ކުރެވޭ ނިޒާމީ ބަހުސްގައި ބައިވެރިވެ ވަޑައިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ، ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ޤާނޫނު އަސާސީގައި މިހާރު ހުރި ބަރުލަމާނީ ނިޒާމުގެ ސިފަތައް އުވާލުން ކަމަށެވެ. ޑރ. ދީދީ ވިދާޅުވީ ދެން ކުރަންވީ ކަމަކީ ރައްޔިތުން ފާސްކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިފްލެކްޓް ވެގެންދާނޭ ފަދަޔަކުން ޗެކްސް އެންޑް ބެލެންސް ގެ ނިޒާމް ހަރުދަނާކުރުން ކަމަށެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް އޮތުމަށް ވަކާލާތު ކުރަށްވާ އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަމަށް ވަކާލާތުކުރަށްވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ކުރީގެ ރައީސް، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި، އެހެންކަމުން ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދިި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާގުޅިގެން ރައީސް ޞާލިޙް ކުރިން ވިދާޅުވެފައި ވަނީ އެފަދަ ކަމަކަށް އެމަނިކުފާނަކަށް ވަގުތު ހުސްކުރެވެން ނެތްކަމަށެވެ. އޭގޭއިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ރައްޔިތުން ގާތަށް ގޮސްގެން ނިންމަންޖެހޭ ކަމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އޮތީ ވޯޓަކުން އެގޮތަށް ނިންމާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ގ. އަސާސީގައި މިހާރު ހުރި ބަރްލަމާނީ ނިޒާމުގެ ސިފަތައް އުވާލައި، ރައްޔިތުން ފާސްކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިފްލެކްޓް ވެގެންދާނޭ ފަދަޔަކުން ޗެކްސް އެންޑް ބެލެންސެސް ގެ ނިޒާމް ހަރުދަނާކުރުން
— Dr. Ahmed Abdulla Didi (@AABDULLADIDI) December 8, 2020
ރައީސް ނަޝީދަކީ އަބަދުވެސް ރާއްޖޭގައި ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް އޮތުމަށް ވަކާލާތު ކުރަށްވާ އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަމަށް ވަކާލާތުކުރަށްވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ކުރީގެ ރައީސް، ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި، އެހެންކަމުން ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދިި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކުޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާގުޅިގެން ރައީސް ޞާލިޙް ކުރިން ވިދާޅުވެފައި ވަނީ އެފަދަ ކަމަކަށް އެމަނިކުފާނަކަށް ވަގުތު ހުސްކުރެވެން ނެތްކަމަށެވެ. އޭގޭއިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ރައްޔިތުން ގާތަށް ގޮސްގެން ނިންމަންޖެހޭ ކަމެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އޮތީ ވޯޓަކުން އެގޮތަށް ނިންމާފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު