ޝޯން މެންޑޭޒް އަދި ކަމީލާ ކަބޭޔޯ.
ޝޯން މެންޑޭޒް އަދި ކަމީލާ ކަބޭޔޯ.
މިދިޔަ އަހަރުން ފެށިގެން ގިނަބައެއްގެ ތުންތުންމަތިން ދެކެވެމުން އަންނަ ލޯބީގެ ވާހަކަ އަކީ، އެމެރިކާގެ މަޝްހޫރު ލަވަކިޔުތެރިން ކަމުގައިވާ ޝޯން މެންޑޭޒް އަދި ކަމީލާ ކަބޭޔޯގެ ލޯބީގެ ގުޅުމުގެ ވާހަކައެވެ.

އުމުރުން 22 އަހަރުގެ ޝޯން މެންޑޭޒް އަދި އުމުރުން 23 އަހަރުގެ ކަމީލާ ކަބޭޔޯގެ އުމުރުގެ ހަގުކަމުން މިދެތަރިންގެ ކުރިމަގާ މެދު އެތައް ބަޔަކު ސުވާލު އުފައްދާފައިވެއެވެ.

ކަމީލާ އަކީ ހަމަ ޝޯން މެންޑޭޒް ގެ އެންމެ ފަހުގެ ނިންމުންތަ؟

މިސުވާލަށް މިފަހަރު ޖަވާބު ދިނީ ޝޯން މެންޑޭޒް އެވެ. މިގޮތުން މިދެތަރިންގެ ކައިވެންޏާމެދު ވިސްނަންތޯ ބަޒް ފީޑުން ކުރި ސުވާލަކަށް ޖަވާބުދެމުން، އެންގޭޖް ކޮށް ކައިވެނިކުރުމާމެދު ވިސްނާކަމަށް ބުނެފައިވެއެެވެ.

"އަހަރެންގެ އުމުރުން 15 އަހަރުއްސުރެ އަހަރެންގެ ބެސްޓު ފްރެންޑް އެއީ. އަދި އަހަރުމެން ދެމީހުންނަކީ ވަރަށް ޔަންގް ދެމީހުން، އެހެންވީމާ އެހާ އަވަސް އަރުވާލާކަށް ނޫޅެން. އަދި އަހަރެން ދެކޭ ގޮތުގައި ތިމާއަށް ކަމުދާ، އަދި އެންމެ ބޭނުން ވާމީހާ ލިބުނީމަ ކޮންމެ މީހަކަށްވެސް ޔަގީންވާނެ." ޝޯން މެންޑޭޒް ބުނެފައިވެއެވެ.

މީގެ އިތުރުން ދެމީހުންނަކީ އެކަކު އަނެކަކަށް އިތުބާރު ކުރާ ދެމީހުން ކަމަށާއި އަދި ދެމީހުންގެ މަސައްކަތުގައި އެކަކު އަނެކަކަށް ނުފޫޒް ފޯރުވުމުގެ ބަދަލުގައި އެއްބާރުލުން ދިނުމަށް އިހުތިޔާރު ކުރާކަމަށްވެސް ޝޯން މެންޑޭޒް ބުނެފައިވެއެވެ. ލަވަކިޔުމުގެ ދާއިރާގައި ދެމީހުން ކުރާ މަސައްކަތުގައިވެސް އެކަކު އަނެކަކަށް އެހީތެރިވުން އިސްކުރާކަމަށްވެސް ޝޯން މެންޑޭޒް ބުނެފައިވެއެވެ.

މިކަމުން ވެސް ދޭހަވަނީ ކަމީލާ އަކީ ހަމަ ޝޯން މެންޑޭޒް ގެ އެންމެ ފަހުގެ ނިންމުންކަމުގައެވެ.

ކެނެޑާ އަށް އުފަން ލަވަކިޔުންތެރިޔާ ޝޯން މެންޑޭޒްގެ ފުރަތަމަ އަލްބަމެެއް ނެރެފައިވަނީ 2014 ވަނައަހަރުއެވެ. ޝޯންގެ ލަވަތަކަށް ގާތްގަނޑަކަށް 58 އެވޯޑުވެސް ލިބިފައިވެއެވެ. ޝޯން މެންޑޭޒް އިޚްތިޔާރުކޮށްފައިވާ ބައިވެރިޔާ، ކަމީލާ ކަބޭޔޯ ފުރަތަމަ މަޝްހޫރުވެގެން ގޮސްފައިވަނީ 2012 ވަނަ އަހަރު އުފެދުނު ފިފްތު ހާމޮނީ ގްރޫޕުންނެވެ. ނަމަވެސް 2016 ވަނަ އަހަރު ގްރޫޕުން ވަކިވެ ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަމުންދާ ކަމީލާގެ ފުރަތަމަ އަލްބަމް ނެރެފައިވަނީ 2018 ވަނަ އަހަރުއެވެ.

މި ދެޒުވާން ލަވަކިޔުންތެރިންނަކީވެސް ދުނިޔޭގެ އެތައް ޒުވާނުންނެއްގެ މެދުގަޔާއި އެކި އުމުރު ފުރާގެ މީހުންގެ މެދުގައި ވަރަށް މަގުބޫލު ދެލަވަކިޔުންތެރިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން