ފޮޑީގެ ވަސް މީރުކުރާ ބޭސް
ފޮޑީގެ ވަސް މީރުކުރާ ބޭސް
ފަރަންސޭސި ވިލާތުގެ ކުންފުންޏަކުން އިންސާނުންގެ ފުރަގަސްފަރާތުން ބޭރުވާ ވައި ނުވަތަ ފޮޑީގެ ވަސް މީރުކޮށްދޭ ބޭހެއް އުފައްދައިފިއެވެ.

އެ ބޭސް އުފައްދާފައިވަނީ އުމުރުން 69 އަހަރުގެ ކްރިސްޓިއަން ޕޮއިންޗްވެލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުނި ގޮތުގައި އެ ބޭހުގެ ސަބަބުން ފޮޑީގެ ވަސް ޗޮކްލެޓް ނުވަތަ ފިނިފެންމަލުން ދުވާ ޒާތުގެ މީރު ވަހަކަށް ބަދަލުވެއެވެ.

ޕޮއިންޗްވެލް މިހާރު އެ ބޭސް އޮންލައިންކޮށް ވިއްކާއިރު ބޭހުގެ 60 ކެޕްސޫލް ވިއްކަނީ 23 ޑޮލަރަށެވެ. ބޭހުގެ ޑިމާންޑް ވަރަށް ބޮޑޫ ކަމަށާއި ގިނަ ބަޔަކު އެ ބޭސް ގަންނަ ކަމަށް އޭނާ ބުނެއެވެ.

ފޮޑީގެ ވަސް ރަނގަޅުކޮށްދޭ މި ބޭހަކީ، ހަފްލާތަކާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު ކެއުން އެދެވިގެންވާ ބޭހެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ސިއްހީ ގޮތުން މިބޭހަކީ ރައްކާތެރި ބޭހެއްކަން ދުނިޔޭގެ އެއްވެސް ސިއްހީ އިދާރާއަކުން އަދި ނިންމާފައެއް ނުވެއެވެ.

މި ބޭސް މިހާރު ވެސް ގަންނަން ލިބޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން