ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނޫސްވެރިންނާއެކު
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނޫސްވެރިންނާއެކު
ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ ނަން ހާމަކުރުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ގަވައިދު އެޗްޕީއޭ އިން ޢާއްމުކޮށްފިއެވެ.

އެޗްޕީއޭ އިން އާއްމު ކޮށްފައިވާ ޤަވާއިދުގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވަކި ހާލަތްތަކެއްގައި މީސްމީހުންގެ ނަން ހާމަކުރުމުގެ ބާރު ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެއެވެ. އެގޮތުން ވަކި ހާލަތްތަކެއްގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ ނަން ހާމަކުރުމުގެ ބާރު ލިދިދެވޭނެ ކަމަށް އެ ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގަވައިދުގައިވާ ގޮތުން ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބެނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. މި ވަގުތު އެ މަގާމުގައި ހުންނެވީ މައިމޫނާ އަބޫބަކުރެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. ކޯވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ހުރިހާ އެންގުމަކާއި އަމުރެއް ނެރުއްވަނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރެވެ.

ގަވައިދުގައިވާ ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރެވޭނީ އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި، އެ މަގްސަދު ހާސިލް ކުރެވޭ މިންވަރަށް ކަމަށެވެ. އަދި އަލަށް ތައާރަފްވާ ބައްޔެއްގެ ސަބަބުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާ ގޮތުގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބުރަވެ، ގަބޫލު ކުރެވޭ ނަމަ، ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާގެ ނަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހާމަކުރެވިދާނެ ކަަމަށް ގަަވައިދުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން