ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
ކޯވިޑް-19 ގެ މި ދަތިޙާލުގައި ޕީޕީއެމްގެ ވެރިކަމެއް އޮތްނަމަ ކޮވިޑް ވެކްސިންވެސް ރައްޔިތުންނަށް ވިއްކާނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ވެކްސިން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވުމާ ގުޅިގެން އެއީ އިތުރުފުޅެއް ކަމަށާއި ކޮވިޑްގެ ވެކްސިން ހުރީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން ދިވެހި ރައްޔިތުންނަށްޓަކައި ގަނެދީފައި ކަމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މެމްބަރު ސަޢީދަށް ރައްދު ދެއްވަމުން ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވީ، މިއީ ޕީޕީއެމްގެ ވެރިކަމެއްނަމަ އެންމެ ޤައުމަކުން ހިލޭ ވެކްސިން ދިން ނަމަވެސް އެ ވެކްސިން ކޮޅުވެސް ރައްޔިތުންނަށް ވިއްކާނީ ކަމަށެވެ. އަދި މިއީ ޕީޕީއެމްގެ ވެރިކަމެއް ނަމަ ހިލޭ ވެކްސިން ދޭނެ ޤައުމެއް އޮންނާނެތޯ ޖެނެރަލް ޑީޑީ ވަނީ ސުވާލު އުފައްދަވާފައެވެ.

"ސަޢީދުމެންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވެ، މަޖިލީސް މެމްބަރުން ލައްވާ އދ އިން ވަކިވާން މަޖިލީހުގައި އަޑު އުފުލައި އެންމެ ޤައުމެއް ފިޔަވާ ދުނިޔެއާއި ވަކިވީ." ޑީޑީ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ދުނިޔެއާ އެކަހެރިވެ ރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއިން ބާކީ ވެފައި ވަނިކޮށް އަލުން ބައިނަލް އަޤުވާމީ މުޖުތަމަޢު ބަލައިގަންނަ ޤައުމަކަށް ރާއްޖެ ބަދަލުކޮށްފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފުރިހަމަ ކަމާއެކު މިއަދު ރާއްޖެ ވެފައިވަނީ ބައިނަލްއަޤްވާމީ ދުނިޔޭގައި ނަންހިނގާ ޤައުމަކަށެވެ. ނަތީޖާއެއްގެ ގޮތުން ކޯވިޑް-19 ގެ މި ޙާލަތުގައި ގިނަ ޤައުމުތަކުގެ ދީލަތި އެހީތައް މެދުނުކެނޑި ރާއްޖެއަށް އަންނަނީ ލިބެމުންނެވެ.

އެގޮތުން ލާމު އަތޮޅަށް ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ގަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ކުޑަކާށި

07-Dec-2020

ހިލޭލިބުނު މާސްކް ހިލޭބަހަން ނުކެރުނީކީއްވެތޯ ? ވެކްސިންގަންނަނީ ބޮޑުއަގުގައި .........


6

ޢަލިކަލޯ

07-Dec-2020

ޢެހެންވެ ދަޯ ދެރަސޮޑާ މޮޅު ސޮޑާ ހަދައިގެން ދެރަސޮރުން ކަރަންޓީނ, ބޭފުޅުން ކޮވިޑް ޕްރޫފް



ޓްރެންޑިން