ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދަރުމަވެރިކަމުގެ މާތް ސިފައިން ޒީނަތްތެރިވުމަށް ދިވެހި ހުރިހާ ޒުވާނުންނަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އިލްތިމާސް ކުރަށްވައިފި އެވެ.

ބައިނަލްއަޤުވާމީ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ، ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކޮށްދިނުމުގެ ރިވެތި، މަތިވެރި ސިފައަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަތިވެރި ދިވެހި ސިފައެއް ކަމަށެވެ. އަދި މިމާތް މަތިވެރި ސިފައިން ޒީނަތްތެރިވުމަށް މިޖީލުގެ ހުރިހާ ލޮބުވެތި ޒުވާނުންނަށް މިނިސްޓަރ އިމްރާން ވަނީ އިލްތިމާސް ކުރަށްވާފައެވެ.

މިނިސްޓަރގެ ޚިޠާބްގައި އިތުރަށް ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދެވޭ މީހާގެ ކިބައިން އެއްވެސް ހެވަކަށް އުއްމީދު ކުރުމެއް ނެތި އެހީތެރިކަން ފޯރުކޮށްދިނުމަކީ، އަމިއްލަ ނަފްސަށް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، އަދި އެއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެއީ މުޖްތަމަޢުގެ ބަދަހިކަމާއި، އުފާފާގަތި ކަމާއި އޯގާވެރިކަން އިތުރުކޮށްދޭނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު އެއީ، އެންމެން އެކުގައި ކާމިޔާބާ ހަމައަށް ވާސިލްކޮށްދޭނެ ކަމެއް ކަމަށާއި، އެމަތިވެރި ސިފަ ދިވެހި މުޖުތަމަޢުގައި އާލާކުރުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ރާއްޖެ އަމާން އައްސޭރިއަކަށް ވާސިލްވުމަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ތިމާގެ އަމިއްލަ އެދުމުން އެއްކިބާވެ މުޖްތަމަޢުގެ އުފަލަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދިނުމަކީ އުފަލަކަށް ހެދުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.



މީގެ އިތުރުން މިނިސްޓަރގެ ޚިޠާބުގައި ވަނީ، ދަރުމަވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ދަރުމަވެރިންނަށް އަރިސް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން