އެމްއެންޑީއެފް މާލޭގެ ގެތަކަށް ތަކެތި ޑެލިވަރީ ކޮށްދިނުމުގައި ހަރަކާތްތެރިވަނީ (ފޮޓޯ:- ތްވިޓަރ)
އެމްއެންޑީއެފް މާލޭގެ ގެތަކަށް ތަކެތި ޑެލިވަރީ ކޮށްދިނުމުގައި ހަރަކާތްތެރިވަނީ (ފޮޓޯ:- ތްވިޓަރ)
ކޯވިޑް-19 ބަލިމަޑުކަން ފެތުރުން ކުޑަކުރުމަށް މާލޭގައި އިޢުލާން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ގޭގެއަށް ޑެލިވަރީގެ ޚިދުމަތް ދިނުމަށް ދިވެހި ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސްޓީއޯ އާއެކު ޑެލިވަރީ ކުރުމުގެ ޚިދުމަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭގައި އިއުލާނުކޮށްފައިވާ ލޮކްޑައުން ގެ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ތަކެތި ޑެލިވެރީ ކޮށްދޭ ވަގުތުތައް މިއަދު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ތަކަށް 24 ގަޑިއިރު ޑެލިވެރީ ކުރެވޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި ކެފޭ ރެސްޓޯރެންޓުތަކުން ޑެލިވެރީ ކޮށްދިނުމުގެ ހިދުމަތް ދެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.

މިގޮތަށް ގަޑިތަކަށް ބަދަލުގެނެސް ޑެލިވެރީގައި ސިފައިން ހަރަކާތްތެރިވާން ފަށާފައިމިވަނީ ޑެލިވެރީ ކުރުމުގައި ހުރި ދަތިތަކާއި އާންމުންގެ ގިނަ ޝަކުވާތަކުގެ ސަބަބުންނެވެ. ޑެލިވެރީ ކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދޭނެކަމުގައި މާލެ ސިޓީގެ މޭޔަރު ޝިފާ ވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

މިހާތަނަށް މާލެއިން 8 މީހަކު ކޯވިޑް-19 އަށް ފައްސިވެފައިވާއިރު 14 ދުވަހަށް ވަނީ މާލެ ލޮކްޑައުން ކޮށްފައެެވެ. އަދި ހުއްދަނެތި ގެއިން ނުކުމެ އުޅުން ވަނީ މުޅިން މަނާކޮށްފައެވެ.

އެޗްޕީއޭ އިން މިއަދު ވަނީ ރާއްޖޭގައި އެއްރަށުން އަނެއްރަށަށް ދަތުރު ކުރުންވެސް މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން