ފުލުހުން ކަމަށް ބުނެ މާލޭގައި ހުންނަ ފަރިވާސްޓޭ ގެސްޓްހައުސްއަށް ބަޔަކު ވަދެ ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި އިއްުޔެ ހެނދުނުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމައްސަލަ މިހާރު ތަހުޤީޤްކުރަމުންދާކަމަށެވެ.

ފުލުހުން ބުނީ ފުލުހުންނަށް ވެގެން ފަރިވާ ސްޓޭއަށް ތިން މީހަކު ވަދެ އެތަނުގައި ތިބި ތިން މުވައްޒަފެއްގެ އަތުގައި ކްލިޕް އެޅުވުމަށް ފަހު އެތަނުން ބައެއް ތަކެތި ފޭރިގެންފައިވާކަމަށެވެ.

ފަހަކަށް އައިސް މާލޭގައި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ރޫޓް ފިހާރައިގެ 4 މިލިއަން ރުފިޔާ ފޭރެން އުޅުނު ބައެއްގެ މައްސަލަވެސް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން