ހޮންކޮންގެ ފިޗް ރޭޓިންގްސްއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ރޭޓިން "ބީ" އިން "ސީސީސީ"އަށް ދަށްކޮށްފިއެވެ.
ފިޗުން ބުނީ އެޗްޑީސީގެ ރޭޓިން ދަށްކުރީ އެޗްޑީސީއަކީ ސަރުކާރުން މާލީ އެހީތެރިކަން ލިބޭ ކުންފުންޏަކަށް ވެފައި، ރާއްޖޭގެ ރޭޓިންގ ދަށްވުމުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު، ސަރުކާރުން އެޗްޑީސީގެ ދަރަނީގެ 22 ޕަސެންޓު ފަންޑުކޮށްދީ، 73 ޕަސެންޓަށް ގެރެންޓީދީފައިވާކަމަށް ފިޗުން ބުނެއެވެ. އެހެންކަމުން ސަރުކާރަށް ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން އެޗްޑީސީއަށްވެސް ފައިސާ ހޯދުމުގައިވެސް ދަތިތަކާ ކުރިމަތިވެދާނެކަމަށް ފިޗުން ބުނެއެވެ.
އެޗްޑީސީގެ ރޭޓިންވެސް ފިޗުން ދަށްކޮށްފައިވާއިރު، ކުރިން ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ބޮޑުކަމަށް ފިޗުން ބުނެއެވެ.
އެޗްޑީސީގެ ކްރެޑިޓް ރޭޓިންގ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޮތީ "ބީ ޕްލަސް"ގައެވެ. އެއަށްފަހު އެޗްޑީސީގެ ކްރެޑިޓް ރޭޓިންގ މިއަހަރުގެ އޭޕްރީލްމަހު ވަނީ "ބީ"އަށް ދަށްކޮށްފައެވެ.
ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބު ބަޔާންކޮށް ފިޗުން ބުނީ ކޮވިޑުގެ ސަބަބުންނާއި ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވެފައިވާ ކަމަށެވެ. އަދި ބޭރުން ފައިސާ ހޯދާނެ އިންތިޒާމު ހަމަޖެހުނު ނަމަވެސް، ބޭރު ފައިސާ ހޯދަން ދަތިވެފައިވާ ކަމަށާއި ފަތުރުވެރިކަން ހަމައަކަށް ނޭޅެނީސް ރާއްޖެއަށް ބޭރުފައިސާ ހޯދަން ދަތިވާނެ ކަމަށް ވެސް ފިޗްއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު