އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް އަންނަ ހޯމަދުވަހު ފެށުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 16 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް މިމަހު ފަށާއިރު، މި މުބާރާތްކުރިއަށްދާނީ ވަރޗުއަލްކޮށްކަމަށެވެ. ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކޯވިޑް-19 ގެ މިހާލަތުގައިވެސް ބޭއްވުމަށް ނިންމާފައިވަނީ މި މުބާރާތަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ މުބާރާތަކަށް ވުމާއެކު މިހާލަތުގައިވެސް ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ މުބާރާތް ކުރިއަށްދާނީ އޮޑިޝަން ބުރަކާއި ފައިނަލް ބުރެއް ހިމެނޭގޮތަށެވެ. އަދި ހޯމަ ދުވަހު މުބާރާތް އިފްތިތާހްކުރުމަށްފަހު އޮޑިޝަނަށް ވީޑިއޯތައް ފޮނުވުމަށް ހުޅުވާލާނެކަމަށް މިނިސްޓްރީން ބުނެއެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ތިބި ކުދިންނަށްވެސް ބައިވެރިވެވޭނެއެވެ.

މިއަހަރުގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތް ވަރޗުއަލްކޮށް ބާއްވާއިރު މިއީ މިފަދަ ބޮޑު މުބާރާތެއް މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން