އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެންކަމަށެވެ. އަދި މިއީ ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ މުބާރާތެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އުމުރުން 5 އަހަރާއި 13 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 16 ވަނަދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 ތީމަކަށް ބަހާލައިގެންކަމަށެވެ. އެ ތީމް ތަކަކީ، ނަމާދު، އަހަރެންގެ މަންމަ އާއި ބައްޕަ، އަދި ގެފުޅެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިމުބާރާތަށް ހުށަހަޅާ ކުރެހުންތަކަށް އިންސާފުކޮށްދެއްވާނީ ފަންނީ ބޭފުޅުންގެ ޓީމަކުންމަށެވެ. އަދި މުބާރާތުގައި ވަނަވަނައަށް ދާ ކުރެހުންތަކަށް ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން