ރާއްޖޭގައި ތިބެނީ ހުސް ޖޭ ކުމާރުން ކަމަށް އެމްޓީސީސީގެ ކުރީގެ އެމްޑީ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ތިބެނީ ހުސް ޖޭ ކުމާރުން ކަމަށާއި، ކޮންމެ މީހަކުވެސް އެމީހަކު ބޭނުން ކަމެއް ނުވުމުން ބަވަނީ އެއިރެއްގައި އޮންނަ ސަރުކާރަށް ކަމަށެވެ. އަދި އަނގަ އޮތިއްޔާ ކޮންމެ މީހަކަށްވެސް ވާހަކަ ދެއްކިދާނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ނަސީމް މިމޭރުމުން ޓްވީޓް ކުރެއްވި ސަބަބު މާބޮޑަކަށް ސާފެއް ނުވެއެވެ. ނަމަވެސް ނަސީމްގެ ޓްވީޓަށް ރައްދުދީ މި ސަރުކާރު ގެނައުމަށް އިސްކޮށް މަސައްކަތް ކުރެއްވި، އަދި މިހާރު ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ގެންދަވާ ނޮޅިވަރަމްދާއިރާގެ ކުރީގެ މެމްބަރު ޙުސައިން ޢަރީފް ވިދާޅުވީ، ނަސީމަކީ ވަޔާ އެއްކޮޅަށް އޮނުގަހެއް ގޮތަށް ލެނބޭ ބޭފުޅެއް ކަމަށެވެ.
"ސަރ އަޅުގަނޑަށް ފާހަގަ ކުރެވެނީ ވަރަށް މޮޅު ބޭފުޅެއްގެ ގޮތުގައި. ރައީސް ޔާމީންގެ ވެރިކަމުގައި ހޭންގްއައުޓްގައި އިންނަވާ އެވެރިކަމަށް ފާޑު ނުކިއުމަށްވެސް ނަސޭޙަތް ދެއްވި." އަރީފް ވިދާޅުވިއެވެ.
އަރީފް ވިދާޅުވީ، ވަޔާ އެއްކޮޅަށް ލެނބިލެވޭނީ ތަޖުރިބާތަކެއް ހުރެގެން ކަމަށެވެ.
ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ދިރާސާ ކުރެއްވުމަށް ފަހު ނޫނީ އެފަދަ އެއްޗެއް ވިދާޅުނުވާ ނަފާ ނަސީމަކީ މިހާރަކަށް އައިސް ވަރަށް މުހިންމު ދަނޑިވަޅުތަކުގައި ނުވަތަ ވަރަށް މުހިންމު މުނާސިބު ވަގުތު ތަކުގައި އެފަދަ އެއްޗެހި ވިދާޅުވެ މީސް މީޑިއާއަށް ދޫކޮށްލައްވާ ބޭފުޅެކެވެ.
ނަސީމު އެވިދާޅުވާ ބީދައިން ގިނަ މީހުން ސަރުކާރާ ދެކޮޅަށް ތެދުވެ ފާޑުކިޔަން ފަށަނީ ކޮންމެވެސް އަމިއްލަ މުހުތާދެއް ނުފުއްދުނީމާ ސަރުކާރު ދެކެ ނޫނީ ރައީސުލްޖުމްހޫރިއްޔާއާއި މެދު ހަސަދަވެރިކަން އުފެދިގެންނެވެ. އަދި އެކަމެއް ހަމަ ވާއިރަށް އެމީހެއްގެ އަނގަ ބެދި ހަމަހިމޭންވެ ދެއެވެ. ހީވާގޮތުން ނަސީމު އެވިދާޅުވާ ޖޭ ކުމާރުގެ ވާހަކައަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު