ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ރާއްޖޭގެ އެތެރޭގެ ވަޙުދަތު ގެއްލޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ވަޙުދަތު ގެއްލޭ ޒާތުގެ ވާހަކަތައް ދެއްކުމަކީ ޒިންމާދާރުކަން ކުޑަކަމެއް ކަމަށާއި ރާއްޖޭގެ ބިމުގެ ވަޙުދަތާއި އިދާރީ އެއްބައިވަންތަ ކަމާއެކު ރާއްޖެ ދެމި އޮތުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން "ރާއްޖެ ފަޅިފަޅި ކޮށްލުމަށް އެއްވެސް ބަޔަކަށް ޖާގަދީ ހިއްވަރުދީގެން ނުވާނެ." ކަމަށް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް މި މޭރުމުން ޓްވީޓް ކުރަށްވާފައިވާއިރު، ޤައުމީ ބިން ފޮތިފޮތިވާފަދަ މަފްޙޫމަށް ވާހަކަ ނުދެއްކެވުމަށް ރައީސް މައުމޫންވެސް ވަނީ އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރަށްވާފައެވެ. އަދި ޑރ. ޝަހީމްގެ މިފަދަ ޓްވީޓެއް އައި މި ދަނޑިވަޅަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި ބަހުގެ ޙަމަލާތައް ބަދަލުކުރަމުންދާ ވަގުތެއްކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގެ ދީނީ ޢިލްމްވެރިންގެ ތެރެއިން އެއްބަޔަކު ސަރުކާރާ އެއްކޮޅުގެ ވިސްނުމުގައި ސަރުކާރުން ކުރާ ކަންކަމަށް ތާއީދު ކުރަށްވައި ވާހަކަ ދައްކަވައި މީސް މީޑިއާގައި ބަސް ވިދާޅުވަމުން ގެންދަވާއިރު އަނެއް ބަޔަކު އެފަދަ ބޭފުޅުންނާ ދެކޮޅަށް ތެދުވެ ވަޑައިގެން އެމީހުންނަށް ރައްދު ދެއްވަމުން މީސްމީޑިއާގައި ސިޔާސީ ގޮތުން ދީނީ ޢިލްމްވެރިންގެ މެދުގައި ވާދަވެރި ޒުވާބުތައް ވަރަށް ބޮޑަށް ހިނގަމުންދާކަން މިހާރުވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން