ދ. މީދޫ ކައިރިން ފެނުނު ފްލައިޓް ފިޔަގަނޑު
ދ. މީދޫ ކައިރިން ފެނުނު ފްލައިޓް ފިޔަގަނޑު
ދ. މީދޫ ކައިރިން ފްލައިޓެއްގެ ފިޔަގަނޑެއް ފެނިއްޖެއެވެ.

މިއަދުގެ އަޞުރުފަހުން މީދޫގެ ތޮށިގަނޑާއި ދިމާ ބޭރު މޫދުން ފެނުނު މި ފިޔަގަނޑުގައި 22 ފޫޓު ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުން ރިޕޯޓް ކޮށްފައިވަނީ، ކަނޑުމަތިން އެއްޗެއް ދާތަން ފެނުނުކަމަށް މީހަކު ދިން މަޢުލޫމާތުތަކާ ގުޅިގެން ޑިންގީއެއްގައި އެ ސަރަޙައްދަށް ގޮސް ޑިންގީގެ އަރިމަތީގައި ފިޔަގަނޑު ބަނދެގެން ރަށާ ހަމައަށް ގެނެސްފައިވާ ކަމަށެވެ.

މިހާރު އެ ފިޔަގަނޑުގެ މަޢުލޫމާތު ވަނީ ސަލާމަތީ ބާރު ތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން