ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން 347 މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ވުޒާރާގެ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ބައިނަލްއަޤްވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުން ކަމަށާއި، މިމަސައްކަތުގެ ދަށުން، މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަޙްލޫފް ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ސަރުކާރުގެ ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ޔޫތު މިނިސްޓްރީން 345 މިލިއަން ރުފިޔާގެ 347 ޕީއެސްއައިޕީ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ، ގައުމީ ޓީމްތަކުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އެއީ ގައުމީ ރޫހު ވަރުގަދަ ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް އިބްރާހީމް ވިދާޅުވީ، ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ.
އެގޮތުން ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާއި، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި @MoYSCEmv އިން 345 މިލިއަން ރުފިޔާގެ 347 ޕީއެސްއައިޕީގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައިވޭ.#Kaamiyaabu2Aharu pic.twitter.com/tWNbzRtXXX
— Ahmed Mahloof (@AhmedMahloof) November 11, 2020
މީގެ އިތުރުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ، ގައުމީ ޓީމްތަކުގެ ޕްރެކްޓިސް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އެއީ ގައުމީ ރޫހު ވަރުގަދަ ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް އިބްރާހީމް ވިދާޅުވީ، ކޯވިޑް-19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށެވެ.
އެގޮތުން ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށާއި، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު