ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ފިޗްގެ ލަފާ އަޑުއަހަން ވާނެ ކަމަށާއި، މި ޤައުމު ޑިފޯލްޓަކަށް ނުދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ބީ ނެގެޓިވްގައި އޮތް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީސީސީ އަށް ބަދަލު ކުރުމާއި ގުޅިގެން އެކަމަކީ ޤަބޫލުކުރަން ދަތި ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗްގެ ރޭޓިން ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުތައް ރާއްޖޭން އަޑުއަހަން ވާނެ ކަމަށެވެ. އަދި ޗައިނާގެ ކޮމާޝަލް އިދާރާތަކުން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރެވިއްޖެނަމަ، ދަރަނި ޑިފޯލްޓަކަށް ނުދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.



ރައީސް ނަޝީދު ވިދާޅުވީ، ދަތުރުފަތުރާއި ޓޫރިޒަމް ރަނގަޅުވަމުން އަންނައިރު، ދިވެހި އިޤްތިޞާދާއި މެދު އެމަނިކުފާނުގެ އުންމީދު ބޮޑު ކަމަށެވެ.

ރާއްޖޭގެ ދަރަނި އެއް މިންގަނޑެއްގައި ހިފެހެއްޓުމަށް ޓަކައި ރާއްޖެއިން ނަގާފައިވާ ބޮޑެތި ލޯންތައް ރީސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ލަފާދީފައެވެ. މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓެއްގައި ވަނީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދަޢުލަތުން ނަގާފައިވާ ބޮޑެތި ލޯނުތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރަށް ލަފާދިނުމަށެވެ.

ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ބުރާސްފަތި ދުވަހު ނެރުނު ރާއްޖޭގެ ރޭޓިންގައި ބުނެފައިވާ ގޮތުން، ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ދަށްކުރި މައިގަނޑު ސަބަބަކީ ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ދަރަނި މަތިވަމުން ދިއުމެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާ ކަމަށާއި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފެށި މާލީ ގޮތުން ރާއްޖެ ހަމަޖެހެމުންދާ ކަމަށާއި ފިޗުގެ ރޭޓިން ގަބޫލުކުރަން ދަތި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން