ރައީސް ނަޝީދު
ރައީސް ނަޝީދު
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުވިކަން ކަށަވަރުނުވަނީސް އިންތިޚާބުގެ ނަތީޖާއިން ކުރީގައި އުޅުއްވާ ޖޯ ބައިޑަންއަށް ރައީސް ނަޝީދު، މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސްކަމުގެ މަޤާމަށް ޖޯ ބައިޑަން އިންތިޚާބުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ބައިޑަންއަށް މަރުޚަބާ ވިދާޅުވެފައިވާއިރު، އެމެރިކާގެ އެއްވެސް އިދާރާއަކުން ބައިޑަން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާކަން މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ. އަދި ބައިޑަންވެސް ކާމިޔާބީ އިޢުލާންކުރައްވާފައެއް ނުވެއެވެ.



ބައިޑަންއަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓުގައި، ބައިޑަންގެ ޒައާމަތުގައި އެމެރިކާއިން އަނެއްކާވެސް ޕެރިސް އެގްރިމަންޓާ ގުޅޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ބައިޑަންއާއި ބައިޑަންގެ ރަނިންމޭޓް ކަމާލާ ހެރިސްއަށް ނަޝީދު މަރުހަބާ ވިދާޅުވެފައިވާއިރު، އެމެރިކާގެ ބައެއް ބޮޑެތި ސްޓޭޓްތަކުގެ ނަތީޖާ އަދިވެސް ނުލިބެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނެ ބޭފުޅެއް ޔަޤީންވާނީ މިހާރު ނަތީޖާ ނުލިބޭ ބޮޑެތި ސްޓޭޓްތަކުގެ ނަތީޖާ ލިބުމުންނެވެ. ނަމަވެސް މިހާތަނަށް ގުނި ވޯޓުން ކުރީގައި އުޅުއްވަނީ ޖޯ ބައިޑަންއެވެ. އަދި އޭނާ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުޞަތު ބޮޑުކަމަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން