ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

ރާއްޖޭގރ ފޮރިން މިނިސްޓްރީން ބުނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭގޮތުން ސްރީލަންކާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ،

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވެސް ދީފައިވާކަމަށެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނި ނަމަވެސް، ސްރީލަންކާގެ މަސްވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް، އެހެން ޤައުމުތަކުން އެ ޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެކްސް މިހާރު ވަނީ ބޮޑުކޮށްފައެވެ. އާ ޓެކުހުގެ ރޭޓުތަކުގައިވާ ގޮތުން ރާއްޖެއިން އެޤައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ޓެކްސްގެ ގޮތުގައި ކިލޯއަކަށް 62.49 ރުފިޔާ ނެގުމަށް އެޤައުމުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން