ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް
2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ބަދަލުކުރުމަށް އިސްކޮށް އުޅުނު ކަމަށްބުނާ މީހުންނާއި އެކު އެމްޑީޕީން ކޯލިޝަން ހެދި ސަބަބާއި މެދު ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސުވާލު އުފަށްދަވައިފިއެވެ.

ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތަކުން އެއްވެސް ސަރުކާރެއް ވައްޓައިލަން ދެން ނުނިކުންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވުމާއި ގުޅިގެން ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލު ކުރި ކަމަށް ބުނާ ވާހަކަތަކުގެ އަޑުވަނީ ގަދަވެފައެވެ. ސީޕީ އަށް ރައްދުދެއްވަމުން ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެފައިވަނީ ފުލުހުން އަދިވެސް ސަރުކާރާއި ދެކޮޅަށް ނިކުމެ ބަޣާވަތް ނުކުރާނެ ކަމަށް ނުބުނެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އުފެދުނީ އިހުތިރާމާއި އިތުބާރުގެ މައްސަލަ އެއް ކަމަށެވެ. ސަލާމަތީ ބާރުތަށް ބަދުނާމް ކުރުމުގެ ބަދަލުގައި އެ ދެމުވައްސަސާ އަށް އިހްތިރާމްކޮށް އިތުބާރު ގާއިމް ކޮށްދިނުން ބުއްދިވެރިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ފެބުރުއަރީ 7 ގައި އިސްކޮށް އުޅުނު މީހުންނާއެކު ކޯލިޝަން ހެއްދެވީ ކީއްވެ؟ ދެންވެސް ސަލާމަތީ ޚިދުމަތްތައް ބަދުނާމް ކުރުމުގެ ބަދަލުގައި އެ ދެމުވައްސަސާ އަށް އިތުބާރު ގާއިމްކުރެއްވުން ބުއްދިވެރި." އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަން ބަޣާވާތަކުން ބަދަލުކުރި ކަމަށް އެޕާޓީން ބުނާ ޕާޓީތަކާއި އެކު ކޯލިޝަން ހަދައި އެޕާޓީ ނިސްބަތްވާ ސަރުކާރުން ގިނަ މަގާމު ތަކެއް ވަނީ ބާޣާވާތް ކުރި ކަމަށް ބުނާ ލީޑަރުން ތިއްބެވި ޕާޓީތަކަށް ދީފައެވެ.

ދޭތެރެ ދޭތެރެއިން ފުލުހުންނާއި އަދި ސިފައިންނާއި ބެހޭގޮތުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އިސްބޭފުޅުން މިފަދަ ބަދު ބަސްތައް ބުނަމުންދާއިރު އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީ އިސްކޮށް އޮވެ އެޕާޓީގެ ރައީސަކު އެކުލަވާލާފައިވާ ސަރުކާރާއި އަދި ސީދާ އެމްޑީޕީގެ ބާރުގެ ދަށުގައި ޖުޑިޝަރީ އޮވެ ދެއަހަރު ވެގެންދާއިރު ފުލުހުންނާއި ސިފައިންނާމެދު ކުރާ ތުހުމަތުތައް ތަހުގީގުނުކޮށް އެދެމުއައްސަސާގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމަށް ކެނޑިނޭޅި އެމްޑީޕީގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން