މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި)
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި)
އެއްވެސް ސަރުކާރެއް ވައްޓައިލަން ފުލުހުން ދެން ބަޣާވާތްނުކުރާނެކަމުގެ ޔަޤީންކަން އެރުވުމަށް، އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދެންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.

މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) މިހެން ވިދާޅުވީ މާޒީން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތަކާއި، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތަކުން އެއްވެސް ސަރުކާރެއް ވައްޓައިލަން ދެން ނުނިކުންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވި ޔަގީން ކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވީ ފުލުހުން ނިކުމެ ވެރިކަން ވައްޓާނުލާނެ ކަމުގެ ޔަޤީންކަން އޮތްކަމަށްވާނަމަ ކިތަންމެހައި ވެސް ހެޔޮކަމަށާއި ކިތަންމެހައި ވެސް ރަނގަޅުކަމަށެވެ. ނަމަވެސް އެ ޔަޤީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ “ޓުރުތު އެންޑް ރީކޮންސިލިއޭޝަން“ ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށްއެދުން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އެއްވެސް ސަރުކާރެއް ވައްޓައިލަން ފުލުހުން ދެން ނުނިކުންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ސީޕީ ޙަމީދު ވިދާޅުވުމާއި ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ބަޣާވަތްކުރަން ނުނިކުންނާނެކަމަށް ބެލެވެން ނެތް ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ 07 ފެބްރުއަރީގައި ހިނގި ފަދަ ސަލާމަތީ ބާރުތަކުގެ ބަޔަކު ގައުމަށް ޣައްދާރުވުން ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކޯނީ ރިޕޯޓްގައި ފާހަގަ ކޮށްފައި ވާނެ ކަމަށެވެ.

"އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް މިއުޓިނީއެއް (ބަޣާވާތެއް) ނުކުރާނެކަމަށް ދަންނަވާކަށް ނުކެރޭނެ." 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ގިންތި

12-Nov-2020

އަންނި އިސްތިޢުފާ ދެއްވި ދުވަހާ ޖެހިގެން އައި ދުވަހު އެކި އަތޮޅުއަތޮޅުގައި ހުރި ދަވްލަތުގެ ޢިމާރާތްތަކުގައާ އަގުބޮޑު މުދާތަކުގައި އަލިފާންޖެހި ޕާޓީއިން ރަޢިއްޔަތުން ކިބައިން މަޢާފަށް އެދެންޖެހޭ. ސަބަބަކީ އެއީ ރަޢިއްޔަތުންނަށް ނިސްބަތްވާ މިލްކިއްޔާތަށްވާތީ. އެކަން ކުރީ އިންތިމެންގެ އެމް.ޑީ.ޕީ މީހުން. އެމީހުން އަލިފާން ޖަހަން އުޅުނީ ޕާޓީ ދިދަ ހިފައިގެން. އިންތި ދެލޯ ފުހެލާފައި އެދުވަހުގެ ވީޑިއޯތައް ބަލާލާ. ލަދެއް ހުރިއްޔާ ލަދު ގަންނާނެ. އެގިދާނެތާ...


2

އިރުޝާދު

08-Nov-2020

ކަލޭމެން ފައިބުޑަށް ފުލުހުން ވެއްޓެންޖެހޭތަ. ގާނޫނާއި ޚިލާފަށް ދެންވެސް އޯޑަރު ނެރެންޏާ އެއަކަށް ތަބާނުވާނެ. އެބަޔަކު ހަވަރަށް ދޭނީ. 7 ފެބުރުވަރީގަ ކުރިވަރު ކުޑަ. ހަވަރަށް ނުދެވުނުކަން ދެރައީ. އެނޫންނަމަ މިއަދު އަނެއްކާ އަރާނުތިބޭނެ.


-3

ގައުމީ ލޯބި

08-Nov-2020

މި މީހުން މިއުޅެނީ ގައުމީ ކަންކަމަކުނޫން، ރައިޔަތުންނަށް ކަމެއް ކޮށްދޭކަށްވެސް ނުމެ ނޫން.. އަންނި ޕްރޮމޯޓު ކުރުމާއި ލާދީނިއްޔަތުން ކުރިއެރުވުމުގައި، ނޫނީ އަމިއްލަ ބާރާއި ނުފޫޒު ދެމެހެއްޓޭތޯ އަދި ބަދަލު ހިފުމުގެ ރޫޙުގެ ދަށުން އަބަދުވެސް.. މުވައްސަސާތައް ބަދުނާމުކުރުމާއި ނާގާބިލުކަން ދެއްކުމުގައި މިވަރު ވީމާ ނުބުނެވޭނެ ގައުމީ ލޯތްބެތް، ރައްޔަތުންގެ މަންފާއަށް ދީނާއި ގައުމުގެ ދިފާޢުގައި ނުވަތަ ހިމާޔަތުގައި ކަން ކުރާ ބަޔެކޭ.. އިދިކޮޅުވެސް ގޯސް އެކަމަކު އެމީހުން އެކިޔާ އެއްޗެހީގައި ވެސް އޮތްޓަރު ހުރިކަމަށް މި މީހުންގެ ބަސްމަގާއި އަމަލުން އަދި ހުށަހަޅާ މަޖާކުރުމުގެ ބިލްތަކުން ދޭހަވަނީ އިއްޔެވެސް ދީނީ އިންތަކާއި މިންތަކަށް ގޮންޖެހީ، މިޔަދު ފުލުހުންނާއި ސިފައިންގެ އަގު ބަދުނާމުކުރަނީ! މަ ވާސަލާމް.!



ޓްރެންޑިން