ކާށިކިރު
ކާށިކިރު
ކާށި ނުވަތަ ކާށްޓަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން ތަފާތު ކާއެއްޗެހި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ބޭނުން ކުރެވެއެވެ. ދިވެހި ރުކުގެ އެތުގައި އަޅާ މާތައް ބޮޑުވެ، ގޮބޮޅި،މިރި އަށްވެ، ކިހާއް، ކުރުނބާ، އަދި ގަބުޅިއަށްފަހު އެންމެ ފަހު މަރުހަލާ އަކީ ފުރިހަމަ ކާއްޓަކަށް އެ ބަދަލުވުމެވެ.

ކާށި ކިރަކީ ދިވެހިން ކެއުމުގައި އެކިގޮތްގޮތުން ބޭނުންކުރާ އެއްޗަކަށްވާއިރު ބަތްކެއްކުމާއި، ރިހަކެއްކުން އަދި ތަފާތު ބާވަތްތަކުގެ ފޮނިކާތަކެތި ތައްޔާރު ކުރުމުގައި ކާށި ކިރުގެ ބޭނުން ކުރެއެވެ. ކާށި ކިރަކީ ތަފާތު ވިޓަމިންތަކާއި، މައުދަންތައް، އަދި ވެސް ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭ އެއްޗެކެވެ. މިހާ ހިސާބުން ކާށިކިރުން ލިބޭ ސިއްހީ ފައިދާތަކަށް ބަލާލާނަމެވެ. މިފަހަކަށް އައިސް ކާށީކިރަކީ ސިއްހީ ގޮތުން ރަނގަޅުއެއްޗެއް ނޫންކަމަށް ބުނެ ބަތްކައްކާއިރު ކާށިކިރު ބޭނުންކުރާ މީހުންގެ އަދަދުވެސް މަދެވެ.

ކާށިކިރުން ލިބޭ ސިއްހީ ފައިދާތައް

• ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ކާށި ކިރަކީ މެންގަނީޒް އިން މުއްސަދި އެއްޗެކެވެ. މެގްނީޒިއަމް އަކީ ވަރަށް ގިނަ ނާރުގެ ސެލްތަކުގެ ދޮރާށި ބަންދުކޮށްލަދޭ އެއްޗެކެވެ. މެގްނީޒިއަމް މަދުވެއްޖެނަމަ، ނާރުގެ  ސެލްތައް ވަރަށް ހީވާގިވާނެ އެވެ. އެއީ ކެލްސިއަމް ނާރުތައް ހީވާގިކޮށް މުރާލިކުރުވާތީ އެވެ. ނާރުތައް އާދަޔާ ޚިލާފަށް ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން މަސްތައް ކުރުގެޅި، ވާޅުވާގޮތް ވާނެއެވެ. 

• ހަމާއި ލޭހޮޅިތައް ރަގަޅަށް ބެހެއްޓުން : ކޮޕަރ އަކީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތަކަށް ބޭނުންތެރި އެއްޗެކެވެ. ކޮޕަރ އަދި ވިޓަމިން ސީ އަކީ ލޭހޮޅިތަކާއި ހަމުގެ އިލާސްޓިކް ކަން ދަމަހައްޓައި، ފަރާތް ފަރާތަށް ލެބޭނެގޮތް ހެދުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

• ކަށިތައް ވަރުގަދަކުރުމަށް ކާށިކިރު އެހީތެރިވެދެއެވެ.  ކާށި ކިރުގައި ކެލްސިއަމް ގިނަ ނުވި ނަމަވެސް ޕޮޓޭސިއަމް ގިނައިން ހުރެއެވެ. މިއީ ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ. 

• ކާށި ކިރުގައި ދަގަނޑު ގިނައިން ހުރުމުގެ ސަބަބުން ލޭމަދުވުމުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ. ލޭމަދުވުން ކުރިމަތިވަނީ ލޭގެ ދަގަނޑުގެ ބައި އުފުލާ ހިމޮގްލޯބިން މަދުވެ، ލޭގެ ރަތް ސެލްތަކުގެ އެހީގައި އޮކްސިޖަން އެކި ޓިޝޫތަކާއި ހަމައަށް ފޯރުކޮށްދޭގޮތް ނުވުމުންނެވެ.

• މަސްތަކާއި ނާރުތައް ހަމައަކަށް އެޅުވުން : މަސްތައް ގުޅަކައި، މަސްތައް ވާޅުވެ، ރިއްސާނަމަ ކާށިކިރާއެކު ކޮންމެވެސް ކާއެއްޗެއް ބޭނުންކުރާށެވެ. ކާށި ކިރުގައި ހިމެނޭ މެގްނީޒިއަމް އަކީ މިދެންނެވި މައްސަލަ ހައްލުކޮށްދޭނެ މާއްދާ އެކެވެ.

• ކާށި ކިރުގައި ހިމެނޭ ފައިބަރުގެ ސަބަބުން ކާށި ކިރު ބުއިމުން ފުރިފައި ހުންނަ އިހްސާސް ކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެވޭ މިންވަރު މަދުވެ، ބަރުދަންލުއިވުމަށް އެހީތެރިވެދޭނެ އެވެ. 

• ކާށި ކިރުގައި ހުންނަ ސިލެނިއަމް އަކީ އެންޓި އޮކްސިޑެންޓް އެކެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ހުޅުދުޅަވުމުގެ ބަލިތަކުގެ އުދަގޫތައް ކުޑަކޮށްދޭނެ އެވެ. ސިލެނިއަމް އުނިނަމަ، ރާއްޖެބަލި ފަދަ ހުޅުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

• ކާށި ކިރުގައި ޕޮޓޭސިއަމް ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ވިންދުޖެހުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.

• ކާށި ކިރުގައި ވިޓަމިން ސީ ހުރުމަކީ ދިފާޢީ ބާރު ގަދަކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކާށި ކިރު ބޭނުންކުރުމުން ފަސޭހައިން ރޯގާ ފިލައި، ރޯގާޖެހުމާއި ދުރުކޮށްދޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު


10

ާަައައްދޑޫ ރައްޔިތުން މޮޔަިސ ހައްދަނީ

30-Nov-2020

އައްޑޫ ރައްޔިތުން މޮޔަ ހައްދަނީ



ޓްރެންޑިން